ރޯދަ މަހަށް މެދުކަނޑާލި "ތީމް ބުފޭ ނައިޓްސް" މާދަމާ ރޭ ފަށަން ހަމަޖެހިފައިވާ ކަމަށް މާގިރި ހޮޓެލުން ބުނެފި އެވެ.
އެ ހޮޓެލުން ބުނީ މި މާދަމާ ރެއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ދިވެހިންނާ ރައްޓެހި ރަހަތައް ހިމެނޭ އެކި ގައުމުތަކުގެ މީރު ކެއުންތައް އެކި ތީމުތަކުގެ ދަށުން ލިބޭނެ ކަމަށެވެ.
މާދަމާ "ތީމް ބުފޭ ނައިޓްސް" ފަށަނީ ދިވެހިންގެ މެދުގައި މަގުބޫލު އިންޑިއަން ރަހަތަކުންނެވެ. އަދި އެ ރަހަތައް ތަޖުރިބާ ކުރަމުން އަންނައިރު މަޝްހޫރު މިއުޒިޝަން މޫޝަން މުބާރިކްގެ މިޔުޒިކީ ލައިވް ހުށަހެޅުންތަކެއް ކުރިއަށް ދާނެ ކަމަށް އެ ހޮޓެލުން ބުންޏެވެ.
"ކުރިން ވެސް ތީމް ބުފޭ ނައިޓްސްތައް ކުރިއަށް ގެންދިޔަ ގޮތަށް ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހުގެ ރޭ ބުފޭ ކުރިއަށް ދާނެ. ބުރާސްފަތި ދުވަހުގެ ރޭ އިންޑިއަން މީރު ޑިޝްތަކުގެ ރަހަތައް ލިބެން ހުންނާނެ. ހުކުރު ދުވަހުގެ ރޭ ތައި އަދި ޗައިނީޒް ޑިޝްތައް ބުފޭގަ ހިމެނޭނީ. ހޮނިހިރު ދުވަހުގެ ރޭ ސްރީ ލަންކަން އެކި ކެއުންތައް ބުފޭގައި ހިމެނޭނީ." މާގިރި ހޮޓެލްގެ އޮފިޝަލަކު ވިދާޅުވި އެވެ.
މާގިރި ހޮޓެލް ގެ "ތީމް ބުފޭ ނައިޓްސް"އަށް ރިޒަވޭޝަން ހެދުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. ރެޒަވޭޝަން ހެއްދޭނީ 3318484 އަށް ގުޅާއިގެންނާއި 7228484 އަށް ވައިބާ ކޮށްގެންނެވެ.