އީދު ދުވަހު މާގިރި ހޮޓެލްގެ "ފަރު" ރެސްޓޯރަންޓުގައި ހާއްސަ ބްރެކްފަސްޓް ބުފޭއެއް އޮންނާނެ ކަމަށް އެ ހޮޓެލްއިން ބުނެފި އެވެ.
އެ ހޮޓެލްއިން ބުނި ގޮތުގައި އެ ބްރެކްފަސްޓް ބުފޭ އޮންނާނީ އީދު ދުވަހު ހެނދުނު 7 އިން 11:30 އަށެވެ. މި ބުފޭގައި ދިވެހިިންނަށް ކަމުދާނެ މީރު ރަހަތަކެއް ހިމަނާފައި ވާނެ ކަމަށް އެ ހޮޓެލްއިން ބުނެ އެވެ. އޭގެ ތެރޭގައި މަސްހުނި، ދިވެހި ރަހަތައް ހިމެނޭ ރިހަ، ސީރިއަލް، ވޮފްލްސް އަދި ޕޭންކޭކްސް ހިމެނެ އެވެ. އޭގެ އިތުރުން ކަސްޓަމަރުންގެ މެދުގައި މަގުބޫލު ހޮޕާސް ފަދަ ސްރީ ލަންކަން ޑިޝް އާއި ލައިވް އެގް ސްޓޭޝަނެއް ވެސް ކުރިއަށް ދާނެ އެވެ.
މާގިރި ހޮޓެލް އިން ބުނީ އީދު ދުވަހު ބާއްވާ ހާއްސަ ބްރެކްފަސްޓް ބުފޭއަށް 10 ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެ ކަމަށެވެ. އަދި ހަ އަހަރާއި 10 އަހަރާ ދެމެދުގެ ކުޑަކުދިންނަށް 50 ޕަސެންޓުގެ ޑިސްކައުންޓާއި ފަސް އަހަރުން ދަށުގެ ކުދިންނަށް ހިލޭ މި ބުފޭ ލިބޭނެ ކަމަށް ވެސް ބުންޏެވެ.
މާގިރި ހޮޓެލްއިން ބުނި ގޮތުގައި މި ފަދަ ބުފޭއެއް ބޭއްވުމުގެ މަގުސަދަކީ ރޯދަ މަހަށް ފަހު އަންނަ ފިތުރު އީދުގެ ފެށުމަކީ މީރު ކާބޯތަކެތީގެ ރަހައިން ފައްޓާ، އާއިލާއާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ދުވަހަކަށް ހެދުމަށެވެ.
އީދު ދުވަހުގެ ބުފޭއަށް މިހާރުން ފެށިގެން 3318484 އަދި 7228484 ނަމްބަރުން ރިޒަވޭޝަން ހެއްދޭނެ އެވެ.