ކާރެއް 143 މިލިއަން އެމެރިކާ ޑޮލަރަށް ވިކި މިހާތަނަށް ވިކުނު އެންމެ އަގުބޮޑު ކާރަށް ވެއްޖެ އެވެ.
މިއީ 1955 ވަނަ އަހަރު މާސީޑީސް އިން އުފައްދާފައިވާ ކާރެކެވެ.
މާސީޑީސް ބެންޒް 300 އެސްއެލްއާރު އުލެންހޯޓް ކޫ، ނަމަށް ކިޔާ މި މޮޑެލްގެ އުފައްދާފައިވަނީ އެންމެ ދެ ކާރެވެ. އެތަނުން އެއް ކާރު އޮތީ މާސީޑީސްގެ އެއްޗެއްގެ ގޮތުގަ އެވެ. އެ ކުންފުނިން އެ ކާރު ބޭނުންކުރަނީ ހަމައެކަނި ދައްކާލާށެވެ.
ދެން އޮޔް ކާރު ވިކުނީ ޖަރުމަނުގައި ބޭއްވި ނީލަމެއްގަ އެވެ. އެ ކާރު ގަނެފައިވަނީ ޕްރައިވެޓް ކަލެކްޓަރެކެވެ. އޭގެ އިތުރުން އެ ގަތް މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައެއް ނުވެ އެވެ.
މީގެ ކުރިން ދުނިޔޭގެ އެންމެ އަގުބޮޑު ކާރުގެ ރެކޯޑު އޮތީ ފެރާރީގެ އަތުގަ އެވެ. ފެރާރީގެ 1962 ވަނަ އަހަރުގެ ކާރެއް ކަމަށްވާ ފެރާރީ 250 ޖީޓީއޯ ވަނީ 2018 ވަނަ އަހަރުގައި ނީލަމަށް ހުޅުވާލައިގެން ވިއްކާލާފަ އެވެ. އެ ކާރު ގަތީ 48 މިލިއަން ޑޮލަރަށެވެ. އެ ރެކޯޑު މުގުރާލާފައިވަނީ އެ އަގަށް ވުރެ ދެގުނަ ބޮޑު އަގަކުން ވިކުނު މާސީޑީސްގެ ކާރެވެ.