ޔޫރޯއަށް ހާއްސަކޮށް، "މިހާރު" އިން ލޯންޗް ކުރި އެޑިޝަންގައި ހިމެނޭ އެންމެ މުހިންމު ސެގްމެންޓް ކަމަށްވާ، ޔޫރޯ ފެންޓަސީ ލީގުގައި ބައިވެރިވާން، އެއް ވަނަ އިނާމަކަށް ލިޓަސްއިން ދޭ ސައިކަލަކާ އެކު ހުޅުވާލައިފި އެވެ.
"މިހާރު" ޔޫރޯ ފެންޓަސީ ލީގުގެ މެއިން ޕާޓްނަރަކީ ލިޓަސް އެވެ.
މުޅި ޔޫރޯ ނިމޭއިރު، ފެންޓަސީ ލީގުގެ އެއް ވަނައަށް ދާ މީހަކަށް ލިބޭނީ، ލިޓަސްއިން ހުށަހަޅާފައިވާ، "ހައުޖޭ 125 އެޗް" ގެ ސައިކަލެކެވެ.
ދެ ވަނައަށް ދޭ އިނާމަކީ، ރެޑް ވޭވުން ހުށަހަޅާފައިވާ، "ހައިސެންސް" ބްރޭންޑްގެ "4ކޭ ކިއުލެޑް" 65 އިންޗީގެ ސްމާޓް ޓީވީއެކެވެ. ތިން ވަނަ އަށް، ސޮނީ ސްޕޯޓްސް އިން 2،000ރ. ގެ ގިފްޓް ވައުޗާއެއް ދޭނެ އެވެ.
"މިހާރު" ޔޫރޯ ފެންޓަސީ ލީގުގައި ބައިވެރިވާން، ތިރީގައިވާ ލިންކަށް ވަދެ، ލީގުގެ ހާއްސަ ކޯޑު ޖެހުމުން ފެންޓަސީ ލީގުގައި ބައިވެރި ވެވޭނެ އެވެ. ކޯޑަކީ؛ 95UGW04R09 އެވެ.
ޔޫރޯ ފެންޓަސީ ލީގުގައި ބައިވެރިވާ ކޮންމެ މީހަކަށް، ފެންޓަސީ ލީގަށް ހާއްސަކޮށްފައިވާ ވެބްސައިޓް މެދުވެރިކޮށް ހިޔާލީ ޓީމެއް ހެދުމުގެ ފުރުސަތު ލިބޭނެ އެވެ. ހިޔާލީ ޓީމުގައި ހިމަނަން ޖެހޭނީ 15 ކުޅުންތެރިންންނެވެ. ޔޫރޯގެ ފުރަތަމަ މެޗުގައި ތުރުކީ އާއި އިޓަލީ ރާއްޖޭ ގަޑިން މިރޭ 12 ޖަހާއިރު ކުޅޭ މެޗުގެ ކުރިން ކުޅުންތެރިންގެ ޓްރާންސްފާ ހަދައި ޓީމު އެކުލަވައިލުމުގެ ފުރުސަތު އޮންނާނެ އެވެ.
ޔޫރޯގައި ކުޅުންތެރިން ދައްކާ ހަގީގީ ޕާފޯމަންސަށް ބިނާކޮށް، ގްރޫޕް ސްޓޭޖުގެ ކޮންމެ މެޗު ޑޭ އެއްގައި ފްރީ ދެ ޓްރާންސްފާ ހެދުމުގެ ފުރުސަތު ލިބޭނެ އެވެ.
ގުރޫޕް ސްޓޭޖަށް ފަހު ދެ ވަނަ ބުރު ފެށުމާ ދެމެދު ފްރީ ޓްރާންސްފާ ފުރުސަތު ލިބޭނެ އެވެ. ކުއާޓާ ފައިނަލުގެ ކުރިން ހެދޭނީ ފްރީ ތިން ޓްރާންސްފާ އެވެ. އަދި ސެމީ ފައިނަލުގެ ކުރިން ފްރީ ފަސް ޓްރާންސްފާ. އަދި ފައިނަލު މެޗުގެ ކުރިން ވެސް ފްރީ ފަސް ޓްރާންސްފާ އެވެ އެވެ.
ޔޫރޯއަށް ހާއްސަކޮށް، "މިހާރު"ން ލޯންޗު ކުރި އެޑިޝަންގައި ޔޫރޯގައި ވާދަކުރާ ޓީމުތަކުގެ މައުލުމާތާއި، ޔޫރޯގައި ފާހަގަކުރެވޭނެ ކުޅުންތެރިންގެ ޕްރޮފައިލާއި މެޗުތައް ކުޅޭނެ ސްޓޭޑިއަމްތަކުގެ މައުލޫމާތާއި ޔޫރޯއާ ގޫޅޭ ތާރީހީ މައުލޫމާތުތައް ހިމަނާފައި ވާނެ އެވެ.