ދުނިޔެއިން ހުސްވެދާނެ ކަމުގެ ބިރު ހީވެފައިވާ އަދި ހިމާޔަތްކޮށްފައިވާ ވެލާތަކުގެ ތެރެއިން ރެޑް ރިވާ ޖަޔަންޓް ސޮފްޓްޝެލް ޓާޓްލް (ޔަންގްޒީ ޖަޔަންޓް ސޮފްޓްޝެލް ޓާޓްލް) ގެ ތެރެއިން ދުނިޔޭގައި އޮތް ހަތަރު ވެލާގެ ތެރެއިން އެންމެ ދުވަސްވީ ވެލާ މަރުވެއްޖެ އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ވެލާ މަރުވީ ދެކުނު ޗައިނާގެ ސޫޒޯ ޒުލުގަ އެވެ. އޭތި މަރުވުމުގެ އެއްދުވަސް ކުރިން ވަނީ ދަރިމައިކުރުމުގެ އޮޕަރޭޝަނެއް ވެސްކޮށްފަ އެވެ. އަދި އޮޕަރޭޝަނަށް ފަހު ވެސް ވެލާގެ ހާލު ރަނގަޅު ކަމަށާއި މަރުވީ އޮޕަރޭޝަނުގެ ސަބަބުން ކަމަށް ނުބެވޭ ކަމަށް އޮފިޝަލުން ބުނެފައިވެ އެވެ.
ނަމަވެސް ތަހުގީގު ކުރިއަށް ގެންދާ އިރު، ވެލާގެ އޮވޭރިއަން ޓިޝޫ ވެސް ވަނީ ކުރިއަށް އޮތް ތަނުގައި ދިރާސާތަކުގައި ބޭނުންކުރަން ނަގައިފަ އެވެ.
ރެޑް ރިވާ ޖަޔަންޓް ސޮފްޓްޝެލް ޓާޓްލްގެ ތެރެއިން ދުނިޔޭގެ އޮތް އެންމެ ހަތަރު ވެލާގެ ތެރެއިން އެކަތި މަރުވި އިރު، އަނެއް ތިން ވެލާގެ ތެރެއިން ޖިންސް ކަށަވަރު ކުރެވިފައިވާ ފިރިހެން ވެލާ ވެސް އޮތީ ޗައިނާގެ ޒުލުގަ އެވެ. އަދި ޖިންސް ކަށަވަރު ނުވާ އަނެއް ދެ ވެލާ އޮތީ ވިއެޓްނާމްގަ ޖަންގަލިތަކުގަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ވައްތަރުގެ ވެލާ އާދަޔާހިލާފަށް މަދުވީ ގިނަ އަދަދަކަށް ހިފުމުގެ އިތުރަށް އެ އެއްޗެހީގެ މާހައުލު ހަލާކު ކުރަން ފެށުމުންނެވެ.