ބައެއް މީހުންނަކީ ވަރަށް ހޫނުކޮށް ސައި ބޯން ބޭނުންވާ މީހުންނެވެ. އާ ދިރާސާއެއްގައ ބުނަނީ މިއީ އާދަޔަކަށް ހަދައިފި ނަމަ ސިއްހީ ބޮޑު ނުރައްކަލަކަށް ވެދާނެ ކަމަށެވެ.
ދިރާސާއެއްގައި ބުނާ ގޮތުން މާ ހޫނުކޮށް ސައި ބުއިމަކީ އެސަފޮޖީލް (ކާނާ ދަތުރުކުރާ ހޮޅި) އަށް ޖެހޭ ކެންސަރަށް ހުށަހެޅި ދާނެ ކަމެކެވެ. މާ ހޫނުކޮށް ސައި ބުއިމާއި މި ބާވަތުގެ ކެންސަރާ ހުރީ ކިހާ ވަރެއްގެ ގުޅުމެއްތޯ ބަލަން މީގެ ކުރިން ވެސް ދިރާސާތަކެއް ހަދައިފަ އެވެ.
އޭގެ އަލީގައި ހަދާފައިވާ އާ ދިރާސާއެއް ކެންސަ ޖާނަލްގައި ޝާއިއުކޮށްފައިވާ އިރު އޭނާ ފާހަގަކޮށްފައިވާ ގޮތުގައި ދިގު މުއްދަތަކަށް ހޫނު ސައި ބޯ މީހުންނަށް އެސަފޮޖީލްގެ މައްސަލަތައް ކުރިމަތިވެފައިވާކަން ފާހަގަ ކުރެވިފައިވެ އެވެ.
އޭގައި ފާހަގަކޮށްފައިވާ ގޮތުގައި އެސަފޮޖީލްގެ މައްސަލަ އާންމުކޮށް ދިމާވެފައި ހުރީ ހޫނުމިން 60 ޑިގްރީ ސެލްސިއަސްގައި ބަހައްޓައިގެން ދުވާލެއްގެ މައްޗަށް މަދުވެގެން 700 މިލިލީޓަރުގެ ސައި ބުއި މީހުންނަށެވެ.
މި ނަތީޖާ އަށް އިޝާރާތްކޮށްފައި ދިރާސާގައި ބުނީ އެ ހޫނު މިނުގައި ދުވާލެއްގެ މައްޗަށް 700 މިލިލީޓަރަށް ވުރެ ގިނައިން ސައި ބޯ މީހުންނަށް އެސަފޮޖީލް ކެންސަރުގެ ނުރައްކާ 90 ޕަސަންޓަށް އިތުރުވާ ކަމަށެވެ.
އެހެންވެ އެންމެ ރައްކާތެރި ގޮތަކީ ސައި ނޫން އެހެން ހޫނު ބުއިންތައް ވެސް އެހާ ހޫނުކޮށް ނުބުއިން ކަމަށް ދިސާރާގައި ބުންޏެވެ.