އިންޑިއާގެ ނިއު ދިއްލީގެ ހޮސްޕިޓަލެއްގައި އުފަންވި އެއްމާބަނޑު ދެ ކުއްޖަކު މަރުވެފައިވާ ކަމަށް ޑޮކްޓަރުން ނިންމުމުން ޖަނާޒާ ކުރިއަށް ގެންދަނިކޮށް އޭގެ ތެރެއިން އެއް ކުއްޖެއްގެ ފުރާނަ ހުރިކަން އެނގިއްޖެ އެވެ.
މި ދެބެއިންގެ އާއިލާގެ މީހުން ބުނި ގޮތުގައި ދެ ޖިންސުގެ އެއްމާބަނޑު ދެބެއިންގެ ތެރެއިން އަންހެން ކުއްޖާ އުފަންވި އިރު ވެސް މަރުވެފައިވާ ކަމަށާއި ފިރިހެން ކުއްޖާ މަރުވާ ފަރުވާ ދެމުން އަންނަނިކޮށް ކަމަށް ޑޮކްޓަރުން ބުންޏެވެ. އާއިލާއިން ބުނި ގޮތުގައި ފިރިހެން ކުއްޖާ މަރުވެއްޖެ ކަމަށް ބުނީ ހޮސްޕިޓަލްގެ ހަރަދު ބޮޑުކަމުން އެ ކުއްޖާ އެހެން ހޮސްޕިޓަލަށް ބަދަލުކުރުމުގެ ހުއްދައަށް އެދުމާ އެކުގަ އެވެ.
މި ކުދިން ހަވާލުކުރިއިރު ކޮންމެ ކުއްޖަކުވެސް އޮތީ ޕްލާސްޓިކް ކޮތަޅަކަށް ލައިފަ އެވެ. ވަޅުލާ ތަނަށް ގެންދިޔައީ ވެސް ޕްލާސްޓިކް ކޮތަޅުގައި ބާއްވައިގެންނެވެ. ނަމަވެސް ޖަނާޒާގެ ކަންތައް ފެށިތަނާ އެތަނުން އެއް ކޮތަޅު ތެރެއިން ކުއްޖާ ހަރަކާތް ކުރާތަން ފާހަގަކުރެވުނެވެ. އެހެންވެ އަަވަހަށް ހޮސްޕިޓަލަކަށް ގެންގޮސް ފަރުވާދޭން ފެށުމުން މިހާރު ކުއްޖާގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ.
ހޮސްޕިޓަލުން ވަނީ އެކަން ދިމާވީ ހޮސްޕިޓަލުގެ އިހުމާލުން ކަމަށް އެއްބަސްވެފަ އެެވެ. އަދި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.