މީގެ އަހަރެއްހާ ދުވަސް ކުރިން ހަންގޭރީގައި އުފަންވި މި ކުއްޖާ ހާއްސަވަނީ ބޮލުގެ އިސްތަށިގަނޑު ހުދުކޮށް ހުރުމުންނެވެ. ބެންސްގެ ނަން ދީފައިވާ މި ކުއްޖާގެ ކިބައިން ފެނުނު މި ކަންތައް މާ ބޮޑު ކަމަކަށް އެ ކުއްޖާގެ މައިންބަފައިން ނުހަދަ އެވެ. މިއީ އާންމު ޖެނެޓިކް ޑިސްއޯޑާ އެއް ކަމަށްވާ އެލްބީނޯގެ ސަބަބުން ދިމާވާ ކަމެއް ކަމަށް އެ މީހުން ތިބީ ގަބޫލުކޮށްގެންނެވެ.

ހަށިގަނޑުގައި މެލަނިން ނެތުމަކީ ވެސް އިންސާނުންގެ އިސްތައްޓާއި ހަންގަނޑު ހުދުވާން މެދުވެރިވާ ސަބަބެކެވެ.

ޑޮކްޓަރުން ބެންސްގެ ޓެސްޓްތަކެއް ހެދުމަށްފަހު އެންމެ ފަހުން ވިދާޅުވީ ބެންސްގެ މައްސަލަ އަކީ އަލްބިނިޒަމް ނޫން ކަމަށާއި ބެންސްގެ އިސްތަށީގެ ކުލަޔަކީ ހުދު ކުލަ ކަމަށެވެ. އަދި ބޮޑުވާ ވަރަކަށް އިސްތަށިގަނޑުގެ ކުލަ ބަދަލުވާނެ ކަމަށް ވެސް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

މިހެން ދިމާވި ސަބަބެއް ކަމަށް ޑޮކްޓަރުން ވިދާޅުވަނީ ބެންސް އުފަންވި އިރު ވެސް އެލްބިނިޒަމްގެ އަސަރު ވަރަށް ކުޑަކޮށް ނަމަވެސް ކޮށްފައި ހުރުމެވެ. އަދި މިއީ ދުނިޔޭގައި މިހާރު ވަރަށް ގިނަ ބައްޔެއް ކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ.

ދަރިފުޅުގެ އިސްތަށިގަނޑު ހުދަކަސް ބެންސްގެ މައިންބަފައިންގެ މާ ބޮޑު މައްސަލައެއް ނެތެވެ. އޭނާގެ އެނޫން އެއްވެސް ސިއްހީ މައްސަލައެއް ނެތީމަ އެވެ.