ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (ޗަމްޕާ އުއްޗު) ގެ އަމިއްލަ ހަރަދުގައި ޅ. މާފިލާފުށީގައި އެގްޒެކެޓިވް ބްލޮކެއް އިމާރާތްކުރުމަށް އިއްޔެ ބިންގާ އަޅައިފި އެވެ.
އެ ރަށުގައި ބޭއްވި ރަސްމިއްޔާތުުގައި، ހަ ކޮޓަރީގެ ބްލޮކް އެޅުމުގެ މަސައްކަތް ފައްޓަވައިދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަދި އުއްޗު އެވެ.
ބިންގާ އަޅުއްވައިދެއްވުމަށް ފަހު ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވަނީ ސިފައިންގެ އެކި ކަންކަމަށް ޗަމްޕާ މުހައްމަދު މޫސާ ވެދެއްވެމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.
އޭގެ އިތުރުން ސިފައިންގެ އުމްރާނީ ތަރައްގީ އަދި ވެލްފެއާ ކަންކަމަށް އަމިއްލަ ފަރާތްތަކުން ދެމުންދާ އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކުރައްވާފައި ވެ އެވެ.
މާފިލާފުއްޓަކީ ސިފައިންގެ ތަމްރީނުތައް ހެދުމަށް ބޭނުންކުރާ ރަށެވެ.