މިދިޔަ ރޯދަ މަހަށް ހާއްސަކޮށްގެން ސިޓްރޯން ރެސްޓޯރަންޓުން ކުރިއަށް ގެންދިޔަ "ރޯދަ ވެދުން" ޕްރޮމޯޝަންގެ ގުރުއަތުލުން ރޭ ބާއްވައިފި އެވެ.
ސިޓްރަން ރެސްޓޯރަންޓާއި އެލިއާ އިންވެސްޓްމަންޓް ގުޅިގެން ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަންގައި ބައިވެރިކުރީ ސިޓްރޯންގެ ރޯދަ ވީއްލުމަށް 250ރ ހޭދަކުރި ފަރާތްތަކެވެ. އެ ޕްރޮމޯޝަން ކުރިއަށް ގެންދިޔައީ މެއި 27 ން ޖުލައި 3 ގެ ނިޔަލަށެވެ
ސިޓްރޯން އިން ވަނީ މިފަހަރު އަލަށް ބޯނަސް އިނާމެއްގެ ގޮތުގައި ބައިވެރިންނަށް ގިފްޓް ވައުޗަރެއް ދީފަ އެވެ. އެ ގިފްޓް ވައުޗަގައި ދެ މީހުންނަށް ސިޓްރަންގެ އާދިއްތަ، އަންގާރަ، ބުރާސްފަތި އަދި ހުކުރު މި ހަތަރު ދުވަހު ހިމެނޭ ރޭގަނޑުގެ ކެއުމުގެ އިވެންޓްތައް އަދި ހެނދުނު ސަޔާއި މެންދުރުކެއުމާއި ދެ މީހަކަށް ދޭން ވަނީ ހަމަޖައްސައިފަ އެވެ.
އެ ޕްރޮމޯޝަންގެ ގަރުއަތުން އެއްވަނަ އަށް ހޮވުނު ފަރާތަކަށް ސިޓްރޯން ކަނޑައަޅާފައިވާ ޔަމަހާ އެމްއެކްސް ސައިކަލު ލިބިފައިވަނީ މުހައްމަދު ނަވީލް ކިޔާ މީހަކަށެވެ.
ދެވަނަ އިނާމަކަށް ކަނޑައަޅާފައިވަނީ ޔަމަހާ ފިނޯ 125 ސައިކަލް ލިބުނީ ފަތުހުﷲ ތަހުގީގަށެވެ.
ތިންވަނަ އިނާމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ގިފްޓް ވައުޗާގެ އިނާމަށް ގުރުއަތުން ހޮވިފައިވަނީ އަބްދުﷲ އެވެ.
ސިޓްރޯން އިން ވަނީ މިދޔަ ދެ އަހަރު ވެސް މިފަދަ ދެ ޕްރޮމޯޝަނެއް ކުރިޔަށް ގެންގޮސްފަ އެވެ.