އާ އަހަރާ ދިމާކޮށް ކުރީގެ ކުޑަ ބަނޑޮސް ކަމަށްވާ މަލަހިނި ރިސޯޓަށް އެޓޯލްސް ވޯލްޑްސް އިން ހާއްސަ ޕެކޭޖުތަކެއް ދިވެހިންނާއި ރާއްޖޭގައި މަސައްކަތްކުރާ ބޭރު މީހުންނަށް ތައާރަފްކޮށްފި އެވެ.
މި ޕެކޭޖުތައް ފެށެނީ 160 ޑޮލަރުންނެވެ. މި ޕެކޭޖުތަކުގެ ތެރޭގައި ފުލް ބޯޑާއި އެ ރަށަށް ސްޕީޑު ބޯޑުގައި ދިއުމާ އެކު ހުރި ޕެކޭޖުތައް ވެސް ހިމެނެ އެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު 9988904 ނުވަތަ 7799413 އިން ލިބޭނެ އެވެ.
މި ޕެކޭޖުގެ ދަށުން، އަންނަ މަހުގެ 31 ނިޔަލަށް އެ ރިސޯޓަށް ދަތުރު ކުރެވޭނެ އެވެ.
ސިންގަލް އަދި ޑަބަލް ރޫމްތައް ހިމެނޭ އެ ރިސޯޓަށް ދިއުމަށް ވެސް ކޮވިޑް-19 އަށް ޓެސްޓުކޮށްފައިވާ 72 ގަޑި އިރު ނުވާ ޕީސީއާރް ނެގެޓިވް ޓެސްޓެއް އޮންނަން ޖެހޭނެ އެވެ. މި ޕެކޭޖު ނަގާ ނަމަ ބުކިން ހަދާ ވަގުތު ފުލް ޕޭމެންޓް ދައްކަން ޖެހޭނެ އެވެ.
ބޭރު މީހުން މި ޕެކޭޖު ނަގާ ނަމަ ޗެކިންވާ ވަގުތު ވޯކް ޕާމިޓް ކާޑު ދައްކަން ޖެހޭނެ އެވެ.
ތިން ތަރީގެ މި ރިސޯޓުގައި 82 ކޮޓަރި ހުރެ އެވެ. މާލޭގެ ގިނަ ބަޔަކު ދަތުރު ދިއުމުގައި މަޝްހޫރު އެ ރިސޯޓު މަލަހިނީގެ ގޮތުގައި ހުޅުވީ 2016 ވަނަ އަހަރު އެވެ