މަޝްހޫރު އިންފްލުއެންސާ އަދި ވިޔަފާރިވެރިޔާ ކިމް ކާޑޭޝިއަން އަށް ފާރަލައި، ފުރައްސާރަ ކުރި ކަމަށް ބުނާ މީހަކު ހައްޔަރުކޮށްފި އެވެ.
ޓީއެމްޒީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޖޮމޮއިން ޒިގްލާ ކިޔާ އެ މީހާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ.
އެ ނޫޙުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ، ކިމް ދިރިއުޅޭ ސަރަހައްދުގައި އޭނާ އުޅޭ ގެއާ ވަރަށް ކައިރިން ކަމަށެވެ.
ޖޮމޮއިން ހައްޔަރުކޮށްފައި ވަނީ، ކިމްއާ ގާތްނުވުމަށް ކުރި ވަގުތީ ރައްކާތެރިކަމުގެ އަމުރާ ހިލާފުވި ކަމުގެ ތުހުމަތުގަ އެވެ.
އެ އަމުރު އޭނާގެ މައްޗަށް ކޮށްފައި ވަނީ އެކި ފަހަރު މަތިން ކިމް ދިރިއުޅޭ ގެއަށް ދިއުމާއި، އެކިކަހަލަ އެއްޗެހި ހަދިޔާގެ ގޮތުގައި ފޮނުވާތީ އެވެ. ޖޮމޮއިން ވަނީ ސޯޝަލް މީޑިއާގައި ކިމް އަކީ އޭނާގެ އަންހެނުން ކަމަށް ބުނެ ވެސް ވާހަކަ ދައްކާފަ އެވެ.
އޭނާ ބަންދުގައި މިވަގުތު ބަހައްޓާފައި ހުރީ ކަފާލާތުގެ ދަށުން 20،000 ޑޮލަރު ދެއްކުމުން ނުނީ ދޫނުކޮށްލާ ގޮތަށެވެ.