އުމުރުން 95 އަހަރުގެ ކެންޔާ ފިރިހެނަކު އޭނާގެ 90 އަހަރުވީ ލޯބިވެރިޔާއާ ކައިވެނިކޮށްފި އެވެ.
ސިޓިޒަން ޑިޖިޓަލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިބްރާހިމް އެމްބޯގޯ އާއި ތަބީތާ ވަންގީ ކައިވެނިކުރީ ބައްދަލުވިތާ 60 އަހަރު ފަހުންނެވެ.
"އަހަންނާ ބައްދަލުވެ ލޯބީގެ ގޮތުން ގުޅުނީ 1960 ވަނަ އަހަރު، އަޑުއިވޭތަ؟ ކެންޔާގެ ވެރިރަށް ނައިރޯބީގެ އިރު އުތުރުގައި އޮންނަ އަވަށެއް ކަމަށްވާ މުކުރްވެއިނީގައި ކުރި ކައިވެނީގެ ހަފްލާއަށް ފަހު އެމްބޯގޯ ދެއްކި ވާހަކައާ ހަވާލާދީ ބުނެފައިވެ އެވެ.
އެމްބޯގޯ އާއި ތަބީތާ ވަންގީގެ ލޯބީގެ ސިއްރާ ބެހޭގޮތުން ސުވާލު ކުރުމުން ވަންގީ، ސިޓިޒަން ޑިޖިޓަލްއަށް ބުނީ އަނބިން، ފިރިންނަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށާއި އެކަން ކޮށްފި ނަމަ އުފަލުގައި އުޅެވޭނެ ކަމަށެވެ.
"ގޯސްކަމެއް ނުކުރާތި. ކުރެވުނަސް މާފަށް އެދެންވާނެ،" އޭނާ ބުންޏެވެ.
ކައިވެނީގެ ހަފްލާ ބާއްވާފައިވަނީ ހުދު ކުލައިގެ ތީމެއްގަ އެވެ. ވަންގީ ހުދު ކުލައިގެ ވެޑިން ޑްރެސްއެއްގައި ހުރި އިރު އެމްބޯގޯ ހުރީ އަޅި ކުލައިގެ ސޫޓެއް ލައި ރިހި ކުލައިގެ ޓައިއެއް އަޅައިގެންނެވެ.