ޖޭ ޑަބްލިއު މެރިއޮޓް ރިސޯޓު އަންނަ ޖުލައި މަހު ހުޅުވާނެ ކަމަށް އެ ރިސޯޓުން ބުނެފި އެވެ.

ށ. ވަގަރު ގައި ހުޅުވާ މި ރިސޯޓުގައި 68 ވިލާ ހުންނާނެ އެވެ. ރިސޯޓު ރީބްރޭންޑް ކުރާއިރު މިއީ ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިނެއް ކަމަށްވާ މެރިއޮޓް އިންޓަނޭޝަނަލްގެ ރިސޯޓެކެވެ.

މި ރިސޯޓުގެ ކޮންމެ ވިލާއެއްގައި ޕްރައިވެޓް ޕޫލެއް ހިމެނެ އެވެ. އަދި ރޫފްޓޮޕް ރެސްޓޯރެންޓެއްގެ އިތުރުން ކިޑްސް ކްލަބެއް ވެސް ހިންގާނެ އެވެ.

މި ރިސޯޓަށް 55 މިނިޓުގައި ސީޕްލޭންގައި ދަތުރު ކުރެވޭނެ އެވެ.

ރާއްޖޭގައި މެރިއޮޓް އިންޓަނޭޝަނަލްގެ ރިސޯޓެއް ހުޅުވާއިރު ދުނިޔޭގެ އެކި ސަރަހައްދުތަކުގައި މި އަހަރު 30 ލަގްޒަރީ ހޮޓާ ހުޅުވުމަށް ވަނީ ނިންމައިފަ އެވެ. އެގޮތުން ސްރީ ލަންކާ އާއި ބާމިއުޑާ އާއި މޮރޮކޯ އާއި ކެންޔާގައި އާ ހޮޓާތައް ހުޅުވާނެ އެވެ. މެރިއޮޓް އިންޓަނޭޝަލުން އަންނަނީ ދުނިޔޭގެ 60 އަށް ވުރެ ގިނަ ގައުމުގައި ލަގްޒަރީ ރިސޯޓުތަކާއި ހޮޓާތައް ހިންގަމުންނެވެ.