ރާއްޖޭގެ އިގްތިސާދާއި އިޖްތިމާއީ ތަރައްގީ އަށް ޖަޕާނުން ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) ގެ އެހީއެއް ދީފި އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން ހިލޭ އެހީއާ ހަވާލުވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ. އަދި ޖަޕާނުގެ ފަރާތުން ސޮއިކުރީ އެ ގައުުމުގެ ސަފީރު ތަކެއުޗި މިދޮރި އެވެ.

މި އެއްބަސްވުމުގެ ދަށުން ލިބޭ އެހީން މެރިން ޕޮލިސް އާއި ޓްރެފިކް ޕޮލިހުން ހިދުމަތްތައް ހަރުދަނާ ކުރަން ހޭދަކުރާނެ އެވެ. އެގޮތުން އެންމެ ޒަމާނީ ފެންވަރުގެ ޓްރެފިކް ޕޮލިސް މެނޭޖްމެންޓާއި ރޯޑް ސައިޑް ރެގިއުލޭޝަނާ ގުޅޭ އިކުއިޕްމެންޓް ހޯދުމަށް ވަނީ ހަމަޖެހިފަ އެވެ.

ސްޓޭޓް މިނިސްޓަރު ހަލީލު ވިދާޅުވީ މި އެހީން ދައްކުވައިދެނީ ދެ ގައުމުގެ ގުޅުން ކަމަށެވެ. ޖަޕާނުގެ އެހީގެ ދަށުން ރާއްޖޭގެ ތަރައްގީ އަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވެސް ޖަޕާނުން ވަނީ 1.2 މިލިއަން ރުފިޔާގެ އެހީއެއް ރާއްޖެ އަށް ދީފަ އެވެ.