ހުތުބާ ކިޔުމާއި އިމާމްވެ ހުކުރު ކުރުމުގެ ހުއްދަ 18 އަހަރު ނުވާ 91 ދަރިވަރަކަށް އިސްލާމިކް މިނިސްޓްރީން ދީފި އެވެ.
ޒުވާން ހަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމަކީ ހުތުބާ ކިޔުމާއި އިމާމުވެ ނަމާދުކުރުމާއި ދީނީ އެހެން ތަމްރީނުތައް ވެސް ދޭ ޕްރޮގްރާމެކެވެ.
މިއީ ގްރޭޑް 10 އާއި ގްރޭޑް 11 އަދި ގްރޭޑް 12 ގައި އުޅޭ ކުދިންގެ އިތުރުން ސްކޫލު ނިމިފައިވާ ޒުވާން ކުދިންނަށް ހާއްސަ ޕްރޮގްރާމެކެވެ.
ޒުވާން ހަތީބުން ތަމްރީނު ކުރުމުގެ ފަސްވަނަ ބުރުގެ ބައިވެރިންނަށް ސަނަދު ދޭން މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. މިއަދު ހުއްދަ ލިބުނު 91 ކުއްޖަކާ އެކު ޖުމްލަ 296 ދަރިވަރުން ވަނީ ތަމްރީންކޮށްފަ އެވެ.
އެއީ:
- ފުރަތަމަ ބުރު (މާލެ) 75 ދަރިވަރުން
- ދެވަނަ ބުރު (މާލެ) 177 ދަރިވަރުން
- ތިން ވަނަ ބުރު (އައްޑޫ) 18 ދަރިވަރުން
- ހަތަރު ވަނަ ބުރު (މާމިލިގި) 26 ދަރިވަރުން
- ފަސް ވަނަ ބުރު (މާލެ) 91 ދަރިވަރުން
ސަރުކާރުން އަމާޒު ހިފާފައި ވަނީ މި ދައުރުގެ ތެރޭގައި 1،000 ހަތީބުން ތަމްރީނު ކުރުމަށެވެ.
އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު މީގެ ކުރިން ވިދާޅުވެފައި ވަނީ އެ އަމާޒަށް ވާސިލުވެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަަމަށެވެ.