ރިސޯޓު ހަދަން 10 އަތޮޅަކުން 18 ރަށެއް ދޫކުރަން ޓޫރިޒަމް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
މިހާރު ކުރިއަށް ގެންދާ ދުބާއީ އެކްސްޕޯގެ ތެރެއިން ރާއްޖެ އިން ބޭއްވި އިންވެސްޓްމެންޓް ފޯރަމްގައި މި ރަށްތަކުގެ ތަފުސީލު ހާމަކުރިއިރު، މިއީ ޓޫރިޒަމް މިނިސްޓްރީން ރިސޯޓު ހަދަން މި އަހަރު ހުޅުވައިލި ދެވަނަ ފަހަރެވެ.
މި އަހަރުގެ އޭޕްރީލް މަހު ވެސް ރިސޯޓު ހަދަން 23 ރަށަކަށް ބީލަށް ހުށަހަޅަން އިއުލާނު ކޮށްފައިވެ އެވެ.
އަލަށް ބިޑަށް ހުޅުވައިލާ ރަށްތައް:
ހއ. މެދަފުށި - 10.90 ހެކްޓަރު.
ހއ. އަލިދުއްފަރުފިނޮޅު - ތިން ހެކްޓަރު.
ހދ. ކުޑަފަރުފަސްގަނޑު - 1.20 ހެކްޓަރު.
ށ. ކުޑަޅައިމެންދޫ - 14.70 ހެކްޓަރު.
ރ. އެއްތިގިލި އަދި އަލިފުށި ފަޅުން 10 ހެކްޓަރު - 20 ހެކްޓަރު.
މ. ސީދީހުރާ އަދި ސީދީހުރާ ވެލިގަނޑު - 4.28 ހެކްޓަރު.
މ. މާއުސްފުށި - 10.40 ހެކްޓަރު.
ފ. އެނބުލުފުށި - 1.00 ހެކްޓަރު.
ފ. ޖިންނަތުގައު - 0.89 ހެކްޓަރު.
ތ. ކާއްޑޫ - 3.9 ހެކްޓަރު.
ތ. އޮޅުފުށި އަދި އޮޅުފުށިފިނޮޅު - 3.54 ހެކްޓަރު.
ލ. ކަށިދޫ - 3.1 ހެކްޓަރު.
ލ. ބޮޑުމުންޏަފުށި - 3 ހެކްޓަރު.
ލ. ދޮންބެރެހާ އަދި ހޮޅަރެހާ - 4.44 ހެކްޓަރު.
ގއ. މާރެހާ - 17 ހެކްޓަރު.
ގއ. ފުނަދޫވިލިގިއްލާ - 5 ހެކްޓަރު.
ގދ. ކަނޑަހަލަގަލާ - 7.4 ހެކްޓަރު.
ގދ. ފެރޭތަ ވިލިގިއްލާ އާއި ދެކާނބާ އާއި ކޮޑެރަޓާ އާއި އިތުރު ރަށެއް - 9.26 ހެކްޓަރު.
ރަށްތައް ވިއްކުމުގައި 60 ޕަސެންޓް ޕޮއިންޓް ކަނޑައަޅާފައި ވަނީ އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަކަށެވެ. އަދި ތިމާވެށީގެ ކަންކަމާއި މުވައްޒަފުން ތަމްރީނު ކުރުމާއި އިޔާދަކުރަނިވި ހަކަތަ އަށް އިސްކަންދޭ ވަރަށް ވެސް ޕޮއިންޓް ދޭނެ އެވެ.
މި ރަށްތަކަށް ބީލަށް ހުށަހެޅުމަށް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް އިންވެސްޓަރުންނަށް ފުރުސަތު އޮންނާނެ އެވެ.