ނިއު ދިއްލީ (އޮކްޓޯބަރު 8) - އިންޑިއާ ރުޕީސްގެ އަގު ޑޮލަރާ އަޅާބަލާއިރު 74 ރުޕީސް އަށް ވެއްޓިއްޖެ އެވެ.
ރުޕީސްގެ އަގު ފުރަތަމަ ފަހަރަށް 74 އަށް އެރި އިރު މިއަދު މާރުކޮށްފައި ވަނީ ޑޮލަރަކަށް 74.06 ގަ އެވެ.
ތަޖުރިބާކާރުން ލަފާ ކުރަނީ އޭޝިއާގެ ތިން ވަނަ އަށް އެންމެ ބޮޑު އިގްތިސާދު އޮތް ގައުމުގެ ފައިސާގެ އަގު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދާނަމަ، އަދިވެސް ވެއްޓޭނެ ކަމަށެވެ. އިންޑިއާ އަށް ބޭނުންވާ ތެލުގެ ތިން ބައިކުޅަ ދެ ބަޔަކީ އިމްޕޯޓް ކުރާ ތެލެވެ.
ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 85 ޑޮލަރަށް ވުރެ މައްޗަށް އަރައިފަ އެވެ. މިއީ 2014 ވަނަ އަހަރުގެ ފަހުން ތެލުގެ އަގު މިހާ ބޮޑުވި ފުރަތަމަ ފަހަރެވެ.
މި އަހަރު ފެށުނު ފަހުން އިންޑިއާ ފައިސާގެ އަގު ވަނީ 12 ޕަސެންޓް ދަށްވެފަ އެވެ. އަހަރު ފެށުނު އިރު އަގު ހުރީ ޑޮލަރަކަށް 63.67 ރުޕީސްގަ އެވެ.