ނިއު ދިއްލީ (އޮކްޓޯބަރު 3) - އިންޑިއާގެ ތާރީޚުގައި ވެސް އެ ގައުމުގެ ފައިސާ އަގު ޑޮލަރާ އަޅާބަލާއިރު ދަށަށް ނުދާ ވަރަށް މިއަދު އަގު ވެއްޓިއްޖެ އެވެ.

އޭޝިއާގެ ތިން ވަނަ އަށް އެންމެ ބޮޑު އިގްތިސާދު އޮތް ގައުމުގެ ފައިސާ މިއަދު މާރުކޮށްފައި ވަނީ ޑޮލަރަކަށް 73.42 ރުޕީސްގަ އެވެ. ތަޖްރިބާކާރުން ލަފާ ކުރަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދާނަމަ އިންޑިއާ ރުޕީސްގެ އަގު އަދިވެސް ވެއްޓޭނެ ކަމަށެވެ. އިންޑިއާ އަށް ބޭނުންވާ ތެލުގެ ތިން ބައިކުޅަ ދެ ބަޔަކީ އިމްޕޯޓް ކުރާ ތެލެވެ.

ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު މިއަދު ވަނީ 85 ޑޮލަރާ ކައިރިކޮށްފަ އެވެ. މިއީ 2014 ވަނަ އަހަރުގެ ފަހުން ތެލުގެ އަގު މިހާ ބޮޑުވި ފުރަތަމަ ފަހަރެވެ.

މި އަހަރު ފެށުނު ފަހުން އިންޑިއާ ފައިސާގެ އަގު ވަނީ 12 ޕަސެންޓް ދަށްވެފަ އެވެ. އަހަރު ފެށުނު އިރު އަގު ހުރީ ޑޮލަރަކަށް 63.67 ރުޕީސްގަ އެވެ.