ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ލިޔުއްވި ރާއްޖޭގެ ޓޯޓްގެ ގާނޫނާބެހޭ ފޮތް ނެރެފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި ސުއޫދު ލިޔުއްވި ޓޯޓްގެ ގާނޫނާބެހޭ ފޮތް ނެރުނީ މޯލްޑިވްސް ލޯ އިންސްޓިޓިއުޓްގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ރާއްޖޭގެ ޓޯޓްގެ ގާނޫނާބެހޭ ފޮތަކީ މީހުންނަށް އެހެން މީހުންގެ ފަރާތުން ލިބޭ އެކި ބާވަތުގެ ގެއްލުންތަކާ ގުޅިގެން ބަދަލު ނަގައި ދިނުމާ ބެހޭގޮތުން ރާއްޖޭގައި އަމަލުކުރާ އުސޫލުތަކާ ބެހޭގޮތުން ސުއޫދު ލިޔުއްވި ފޮތެކެވެ.

އެ ފޮތް ގަންނަން ލިބޭނީ މޯލްޑިވްސް ލޯ އިންސްޓިޓިއުޓް މެދުވެރިކޮށެވެ. 

މީގެކުރިން ވެސް ރާއްޖޭގެ ގާނޫނީ އެކި ކަންކަމާ ބެހޭ ގިނަ ފޮތްތަކެއް ސުއޫދު ލިޔުއްވާފައިވެ އެވެ.