ސްމާޓްފޯން މާކެޓްގައި، އެޗްޓީސީ ވީ ތަނެއް ވެސް ނޭނގެ އެވެ. ސްމާޓްފޯން ޗާޓެއްގައި ފެންނަން ވެސް މިއަދަކު ނެތެވެ. އެހެން ނަމަވެސް، އެޗްޓީސީ އަކީ ބަޔަކު ޖެހިލުންވި ކުންފުންޏެއް ގޮތުގައި، އަހަރުތަކެއް ވަނީ ހޭދަކޮށްފަ އެވެ.

އެޗްޓީސީގެ އަސަރެއް، ސްމާޓްފޯން މާކެޓްގައި ނެތް ނަމަވެސް، އެނބުރި އައުން އެއީ ބޮޑު ކަމެއް ނޫން ކަމަށް އޮފިޝަލުން ބުނެ އެވެ. ފާއިތުވި އަހަރުތަކަށް ބަލާއިރު، އެޗްޓީސީ އަށް 2011 އަށް ވުރެ މިކޮޅަށް އާދެވިފައެއް ނެތެވެ. ނަމަވެސް، ކުރި އަށް އޮތީ އުންމީދީ އަދި އުފެއްދުންތެރި ދުވަސްތަކެއް ކަމަށް ބުނާ އަޑު އަންނަނީ ތަކުރާރުވަމުންނެވެ.

ފަހަކަށް އައިސް، އެޗްޓީސީ ފޯނުތައް މެދު ފަންތި އަށް ގިންތިކުރެވުނު ނަމަވެސް، އެޗްޓީސީގެ ފެންވަރަކީ އެއީ ނޫން ކަމަށް އެ މީހުން ބުނެ އެވެ. ދުނިޔެ އަށް 5ޖީ ނެޓްވޯކް ތައާރުފުވަމުން އަންނަ ދުވަސްވަރެއްގައި، ބާރުގަދަ ފޯނުތަކެއް އުފައްދާ ކުންފުންޏެއް ގޮތުގައި، އެޗްޓީސީ ފެނިދާނެ ކަމަށް ވެސް އެބަ ބުނެވެ އެވެ.

ސްމާޓްފޯން މާކެޓަށް އެނބުރި ވަނުމަށް އެޗްޓީސީ ގެންގުޅެނީ ކޮން އުކުޅެއް ކަމެއް ނުބުނެ އެވެ. އެޗްޓީސީ އަކީ އަމިއްލަ ހާޑްވެއާ އުފެއްދޭ ފެންވަރުގެ ކުންފުންޏެކެވެ. އެހެންކަމުން، އުފެއްދުންތެރިކަމުގައި އެހެން ބަޔަކަށް ކަމުނުކިޔައި ފަރުޖެއްސުމަކީ ކޮށްފާނެ ކަމެއް ކަމަށް ބެލެވެ އެވެ. އެހެން ނަމަވެސް، ބާރުގަދަ ފޯނުތަކަށް އިންވެސްޓްކުރުމަކީ، ކޮންމެވެސް އެެހެން ފަރާތެއްގެ އެހީއާ ނުލައި، ވެދާނެ ކަމެއް ކަމަކަށް ނުފެނެ އެވެ. މިއީ އެޗްޓިސީ އަށް މައްސަލައެއް ނޫން ކަމަށް ދޭހަވާ ގޮތަށް ކުންފުނީގެ އޮފިޝަލުން ވަނީ ވާހަކަދައްކާފަ އެވެ.