މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ އަހަރީ އާއްމު ޖަލްސާ އަންނަ އާދީއްތަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ރާއްޖޭގެ ބޮޑެތި ކުންފުނިތައް ހިމެނޭ މަޓާޓޯގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އާދީއްތަ ދުވަހު ހަވީރު 4:00 އިން 6:00 އަށް ހޮޓެލް ޖެންގަ އެވެ.

މި އަހަރުގެ އަހަރީ އާންމު ޖަލްސާގައި އެ ޖަމިއްޔާގެ މުހިއްމު މަގާމުތަކަށް މެންބަރުން ހޮވުން ވެސް އޮންނާނެ އެވެ.

މަޓާޓޯ ވުޖޫދަށް އައީ 2006 ވަނަ އަހަރު އެވެ. އެ ޖަމިއްޔާ އިން އަންނަނީ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ރާއްޖެ އާއި ރާއްޖޭން ބޭރުގައި ވެސް މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ތަފާތު އެވޯޑުތައް ވެސް އެ ޖަމިއްޔާ އިން ތައާރަފްކޮށްފައިވެ އެވެ.