ހޮޓެލް ޖެންގެ ރެސްޓޯރަންޓަކީ މާލޭގެ އެންމެ ހިތްގައިމު ރެސްޓޯރަންޓެވެ. ޝަންގްރިލާ އިން ހިންގާ ހޮޓެލް ޖެންގެ ދޮރާއްޓާ ހިސާބުން ހިތްހަމަޖެހުން ގެނުވަ އެވެ. ފެންވަރު ރަނގަޅު ހިދުމަތްތަކުން ވަގުތުން ހިތްހަމަޖެހުން ލިބެއެވެ. އެ ރެސްޓޯރަންޓްގެ ރަހަތަކަކީ ޝަންގްރިލާގެ އިތުބާރު ހިފޭ ބައިނަލްއަގްވާމީ އަދި ދިވެހި ޝެފުންގެ ތައްޔާރުކުރާ ފެންވަރުގެ ޑިޝްތަކެވެ. އެހެން އަހަރުތަކޭ ވެސް އެއްގޮތަށް މި އަހަރު ވެސް ރޯދަ މަހާ ދިމާކޮށް އެ މާހައުލުގައި ދިވެހީންނަށް ހާއްސަކޮށް ރޯދަ ޕެކޭޖްތަކެއް ވަނީ ތައާރަފުކޮށްފަ އެވެ.

ރޯދަ ވީއްލުމާއި، ތަރާވީސް، އަދި ހާރު ކެއުން ހޮޓެލް ޖެން އިން ފޯރުކޮށްދޭނެ އެވެ. ރޯދަ ވީއްލަން ދިޔުމުން ލިބޭ ކޫޕަން ފުރާލުމުން އަގުހުރި އިނާމުތައް ހިމެނޭ ޕްރޮމޯޝަންގައި ވެސް ބައިވެރިވެވޭނެ އެވެ. ގުރުއަތުލައިގެން އެއްވަނަ އަށް ހޮވޭ ފަރާތަކަށް ދޭން ހަމަޖައްސާފައި ވަނީ ޔަމަހާ ޖީޓީ 125 ސައިކަލެކެވެ. ދެވަނަ އަށް ހޮވޭ ނަސީބުވެރިއަކަށް މޯލްޑިވިއަން އެއާލައިންސްއިން އިންޑިޔާގެ ޗެންނާއީ އަށް ދަތުރުކުރަން ދެކޮޅު ދެ ޓިކެޓް ލިބޭނެ އެވެ. ތިން ވަނަ އަށް ލިބެނީ އިންޑިޔާގެ ޓްރިވެންޑްރަމަށް ދެކޮޅު ދެ ޓިކެޓެވެ. ހޮޓެލް ޖެންއިން ބުނި ގޮތުގައި ގުރުއަތުލައިގެން ނަސީބުވެރިން ހޮވަން ހަމަޖެހިފައިވަނީ އަންނަ މަހު މެދު ތެރޭގަ އެވެ.

ޖެންގެ ރޯދަ ވީއްލުމުގައި ހުރިހާ ދިވެހީން ވެސް އެންމެ ރަހަބަލާލަން ބޭނުންވާ ވައްތަރުގެ ހެދިކާތައް ހުރެއެވެ. ދުޅަހެޔޮ ސިއްހަތަށް ބާރުއެޅުމަށް ޖެންގެ ރޯދަ ވީއްލުމުގައި ހުރި ޑިޝްތަކުގައި ތަރުކާރީ އާއި މޭވާ ފުދޭވަރަށް ހިމަނާފައިވެ އެވެ. އަދި ވަގުތުން ތައްޔާރު ކުރާ ތާޒާ މޭވާ ފަނިތަކާއި ސޫޖީ ހުރެ އެވެ. ރޯދަ ވީއްލުމެއްގެ އަގަކީ މިދިޔަ އަހަރެކޭ އެއްގޮތަށް ބޮލަކަށް 539ރ. އެވެ.

ހޮޓެލް ޖެންގެ ރޯދަވީއްލުމުގައި ދިވެހި ކެއުންތައް ދިވެހިވަންތަ ގޮތަކަށް ދައްކުވާލާފަ.
ހޮޓެލް ޖެންގެ ރޯދަވީއްލުމުގައި ދިވެހި ކެއުންތައް ދިވެހިވަންތަ ގޮތަކަށް ދައްކުވާލާފަ.

ހޮޓެލް ޖެންގެ ދެވަނަ ބުރީގައި ހުންނަ ލައިމް ރެސްޓޯރަންޓް އަދި ހޮޓެލްގެ ރޫފް ޓޮޕް ރެސްޓޯރަންޓު އަޒޫރުން ތަރާވީސް ހަމަޖައްސައިދެ އެވެ. ތަރާވީސް ގަޑީގައި ދިވެހިން އެންމެ ލޯބި ކުރާ ކެއުންތަކާއި ބޭރުގެ ޑިޝްތަކާ އެކުވެ ތައްޔާރުކޮށްފައިވާ ކެއުންތައް ހިމެނެ އެވެ. އަގަކީ 154ރ. އެވެ. އޭގެ ތެރޭގައި ކޮފީ އަދި ސައި ވެސް ހިމެނެއެވެ. މީގެ އިތުރުން 9:00 އިން 11:30 އަށް ޖެންސް ކިޗަންއިން ތަރާވީސް މެނޫ އޯޑާކޮށް ޓޭކްއަވޭ ގޮތުގައި ގެންދެވޭނެ ކަމަށް ހޮޓެލް ޖެންއިން ބުންޏެވެ.

ސިއްހަތަށް ރަނގަޅު، އެކި ރަހަތައް ހިމެނޭ ކެއުންތައް ހޮޓެލް ޖެން އިން ރޯދަ މަހަށް ހާއްސަ ކޮށްފައި. ކުރުނބާ، ތާޒާ މޭވާ ފަނިތައް، ސޫޖީ، އަދި މޭވާގެ އިތުރުން ދިވެހި މީރު ކެއުންތައްވެސް މެނޫގައި ހިމެނޭ.
ސިއްހަތަށް ރަނގަޅު، އެކި ރަހަތައް ހިމެނޭ ކެއުންތައް ހޮޓެލް ޖެން އިން ރޯދަ މަހަށް ހާއްސަ ކޮށްފައި. ކުރުނބާ، ތާޒާ މޭވާ ފަނިތައް، ސޫޖީ، އަދި މޭވާގެ އިތުރުން ދިވެހި މީރު ކެއުންތައްވެސް މެނޫގައި ހިމެނޭ.

ހޮޓެލް ޖެންގެ އެކަހެރި އަދި ހިތްގައިމު އަޒޫރު ރެސްޓޯރަންޓުގައި މެންދަމު 12:00 އިން ފެށިގެން 3:00 އާ ހަމައަށް ހާރު ކެއުން ލިބޭނެ އެވެ. މާލޭގައި ހުރި އެންމެ އުސް ރެސްޓޯރަންޓް އަޒޫރުން އެ ވަގުތަށް ތައްޔާރުކޮށްފައިވަނީ ދިވެހި ރަހަތަކަށް ހާއްސަ ސެޓް މެނޫއަކާ، ބައިނަލްއަގްވާމީ އެކި ރަހަތައް އެކުލެވޭ ސެޓް މެނޫއެކެވެ. ދިވެހި ޑިޝްތަކުގެ ތެރޭގައި ފިހުނު މަހާއި ރޮށި، ކުޅި މަސް، އަދި ބަތްޕެން ހިމެނެ އެވެ. ހާރުދަމުގެ ސެޓް މެނޫގެ އަގަކީ 339ރ. އެވެ.

ރޯދައަށް ހާއްސަ ނާސްތަކާތައް ނެގުމަށް ހޮޓެލް ޖެންގެ ހޮޓްލައިން 7799323 އަށް ގުޅާލައި ރިޒަވޭޝަންސް ހެއްދޭނެ އެވެ. ހޮޓެލް ޖެންގެ ރޯދަ ވީއްލުން އެހެން މީހަކަށް ހަދިޔާ ކުރެވޭނެ ގޮތެއް ވެސް އެބަ އޮތެވެ. ރޯދަ ވީއްލުމަށް ހާއްސަ ގިފްޓް ވައުޗާ ހޮޓެލް ޖެންގެ ކައުންޓަރުން 24 ގަޑިއިރު ލިބެން ހުންނާނެއެވެ.