ހޯޕް ފޯ ވިމަން އިން ހިންގާ އަންހެނުންގެ ލީގަލް ކްލިނިކްގެ ކްލި އެސްޓީއޯ އިން އިއްޔެ ސްޕޮންސާކޮށްފި އެވެ.
އަންހެނުންގެ ދުވަހުގެ މުނާސަބާއާ ގުޅިގެން ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު އަދި ހޯޕް ފޯ ވިމެންގެ ފައުންޑަ މެމްބަރު އަނީސާ އަހުމަދު ވަނީ ސޮއިކުރައްވައިފަ އެވެެ.
އެސްޓީއޯ އިން ބުނީ ސްޕޮންސަޝިޕްގެ ދަށުން އެ ކުންފުނީގެ މުވައްޒަފުންނަށް ގެވެށި އަނިޔާގެ މައުލޫމާތު ދީ އެކަމަށް ހޭލުންތެރިކުރުވަން ޓްރެއިނިން ޕްރޮގްރާމްތަކެއް ހޯޕް ފޯ ވިމެން ޖަމިއްޔާއާ އެކު ކުރިއަށް ގެންދާނެ ކަމަށެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ކުރީގެ ޖެންޑާ މިނިސްޓަރު އަނީސާ ވިދާޅުވީ އަންހެނުންގެ ދުވަހު އެފަދަ އެއްބަސްވުމެއް ގާއިމްކުރުމަކީ ހެޔޮ ފާލެއްގެ ގޮތުގައި ބަލަން ޖެހޭ ކަމަށެވެ. އަނީސާ ވިދާޅުވީ އެ ޖަމިއްޔާގެ މަސައްކަތްތައް މިހާ ހިސާބަށް އާދެވިފައިވަނީ އެސްޓީއޯގެ އެހީތެރިކަމާއެކު ކަމަށާއި އެކަމަށް ވަނީ ޝުކުރު އަދާކޮށްފަ އެެވެ.
އެސްޓީއޯގެ އެމްޑީ ޝަހީރު ވިދާޅުވީ އެ ކުންފުނީގެ ސީއެސްއާރު ޕްރޮގްރާމުގެ ދަށުން އަންހެނުން ބާރުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އެސްޓީއޯ އިން އަންނަނީ ހޯޕް ފޯ ވިމެންގެ ލީގަލް ކްލިނިކްގެ ކުލި 2014 ވަނަ އަހަރުން ފެށިގެން ސްޕޮންސާކުރަމުންނެވެ.