މާގިނައިރު ނުކައި ހުރުމާއި ލުއި ކާނާގެ ބާވަތްތައް އަބަދު ކެއުމުން ގޭސްޓްރިކްގެ މައްސަލަ ކުރިމަތިވެ އެވެ. ގޭސްޓިކްވުމުން އަބަދު ބޭސްތައް ކެއުމުގެ ބަދަލުގައި ގޭގައި ފަސޭހައިން ތައްޔާރުކުރެވޭ އެއްޗަކުން ވެސް އެ މައްސަލަ ހައްލުކުރެވިދާނެ އެވެ.
މިއީ ސްޕޯޓްސް ނިއުޓްރިޝަނިސްޓެއް ކަމަސްވާ ނިދީ ގުޕްތާ ކިޔައިދީފައިވާ ބައެއް ހައްލުތަކެވެ.
ނިދީ އޭނާގެ އިންސްޓަގްރާމުގައި ދެ ގޮތެއް ކިޔައިދީފައިވެ އެވެ. މިކަމަށް މާ ގިނަ ބާވަތްތަކެއް ވެސް ބޭނުމެއް ނުވެ އެވެ.
ކާފޫރުތޮޅި އާއި ކަރަންފޫ
ނިދީ ބުނެފައިވާ ގޮތުގައި، ދެތިން ކަރަންފުލާއި ދެތިން ކާފޫރުތޮޅި ހޫނު ފެނުގައި ކެއްކުމަށް ފަހު އެ ފެއިން ބުއިމަކީ އެސިޑުގެ މައްސަލައަށް އޮތް ހައްލެކެވެ.
އިނގުރާއި ކުދީނާ ފަތް އަދި ދިރި
އެސިޑު މައްސަލަށް ގޭގައި ދެވިދާނެ ދެވަަނަ ފަރުވާއަކީ ފެން ކައްކަން އުނދާފައި ހޫނުމުން، ކޮށާފައި ހުރި އިނގުރާއި ކުދީނާ ފަތުގެ އިތުރުން ދިރި އޭގެ ތެރެއަށް އަޅައި ކެއްކުމަށް ފަހު ފުރާނައިގެން އެ ފެން ބުއިމެވެ.
ނިދީ ބުނެފައިވާ ގޮތުގައި، އިނގުރަކީ "ޖިންޖަރޮލް" އެކުލެވޭ އެއްޗެއް ކަމަށާއި އެއީ ހަޖަމްކުރުމުގެ ނިޒާމަށް ރަނގަޅު އެއްޗެކެވެ. އަދި ކަރަންފުލާއި ކާފޫރުތޮޅިއަކީ ވެސް އޭގައި ސިއްހީ އެތައް ފައިދާއެއް އެކުލެވޭ އެއްޗަކަށްވާއިރު އެއީ އެސިޑްގެ މައްސަލަތައް ވެސް ލުޔެއް ލިބޭ އެއްޗެއް ކަމަށް ދިރާސާތަކުން ދައްކާ ކަަމަށް އޭނާ ބުންޏެެވެ.
އެ އެއްޗެހީގެ އިތުރުން ހަމައެކަނި ދިރި ފެން ބުއިމަކީ ވެސް ރަނގަޅު ހައްލެއް ކަމަށް އޭނާ ބުންޏެވެ.
އެކަމަކު ގޭސްޓްރިކް މައްސަލައިގައި މާބޮޑަށް އުނދަގޫވާ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދާށެވެ.