ކ. ހިންމަފުށީ އައްސޭރި ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު 18 އަހަރުން ދަށުގެ ކުއްޖަކު މިދިއަ ބުދަދުވަހު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ ކުއްޖާ ހައްޔަރުކުރީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ހައްޔަރުކުރި އިރު އޭނާގެ އަތުގައި އޮތް ފޮއްޓަކުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި އަޅާފައި ހުރި ހަ ރަބަރު ޕެކެޓް ފެނުނު ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އައްސޭރި ޖަލު ސަރަހައްދުން ހައްޔަރުކުރި މި ކުއްޖާއާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ނުދެ އެވެ.