ހުޅުމާލޭގެ ޗެނަލް ޕާކު ސަރަހައްދާއި ކުޑަގިރި ޑައިވް ރެކުގެ ގުދުރަތީ ރީތިކަން ދަމަހައްޓައި، މޫދުގެ ދިރުންތައް އާލާކުރުމުގެ ގޮތުން މުރަކަ އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް އެޗްޑީސީން ނިންމައިފި އެވެ.
އެ ހަރަކާތް ކުރިއަށް ގެންދަން ނިންމާފައި އަންނަ މަހުގެ 13 ވަނަ ދުވަހު އެވެ.
އެޗްޑީސީން ބުނީ މާލޭ ސަރަހައްދުގައި ތިމާވެށި ހިމާޔަތް ކުރުމުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކަށް އެ ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެކަމުގައި ބައިވެރިވާން ޝައުގުވެރިވާ ނަމަ، އެޗްޑީސީގެ [email protected] އަށް މެއިލް ކުރުމަށް އެދިފައިވެ އެވެ.
އެޗްޑީސީން ވަނީ ތިމާވެށީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ޖަމްއިއްޔާތަކުން ދޭ އެހީތެރިކަމަށް ވެސް ޝުކުރު އަދާކޮށްފަ އެވެ.