ލ. ގަމު ހަމަދު ބިން ހަލީފާ އާލް ސާނީ ސްކޫލުގެ 90 އަށްވުރެ ގިނަ ދަރިވަރުން ކެޑޭޓުކަމުގެ ހުވާ އިއްޔެ ކޮށްފި އެވެ.

އެ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ޝައުކަތު ވިދާޅުވީ ސީނިއާ 27 ކެޑޭޓުން ހަތިޔާރާ ހަވާލުވެފައިވާ ކްމަށެވެ. އަދި ޖޫނިއާ ބައިން 64 އަދި ސީނިއާ ބައިން ހުވާކުރި ހަތް ދަރިވަރުންނާއެކު މުޅި ޖުމްލަ 98 ދަރިވަރުން ކެޑޭޓުކަމުގެ ހުވާކޮށްފައި ވެ އެވެ.

ހަމަދު ސްކޫލުގެ ދަރިވަރުން ކެޑޭޓްކަމުގެ ހުވާކުރަން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން-- ފޮޓޯ: ހަމަދު ސްކޫލު
ހަމަދު ސްކޫލުގެ ދަރިވަރުން ކެޑޭޓްކަމުގެ ހުވާކުރަން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން-- ފޮޓޯ: ހަމަދު ސްކޫލު

ރަސްމިއްޔާތުގެ ޝަރަފުވެރިވެރި މެހެމާނަކަށް ބައިވެރިވެވަޑައިގެންނެވީ ޑިވިޝަން ކޮމާންޑަރު، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު މުޝްތާގެވެ. ހާއްސަ މެހެމާނެއްގެ ގޮތުގައި ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ބައިވެރިވެވަޑައިގެންފައި ވެ އެވެ.

ހަމަދު ސްކޫލުގެ ދަރިވަރުން ކެޑޭޓްކަމުގެ ހުވާކުރަން އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: ހަމަދު ސްކޫލު
ހަމަދު ސްކޫލުގެ ދަރިވަރުން ކެޑޭޓްކަމުގެ ހުވާކުރަން އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: ހަމަދު ސްކޫލު

ހަމަދު ސްކޫލުގައި ކެޑޭޓު އުފެއްދީ މީގެ 11 އަހަރު ކުރިންނެވެ. އިއްޔެ ހުވާކުރި ދަރިވަރުންނާއެކު އެ ސްކޫލު ކެޑޭޓުގައި މިވަގުތު 138 ދަރިވަރުން އެބަ ތިއްބެވެ،