ހއ. ތަކަންދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު ފާތިމަތު ޝައުފާ ކާމިޔާބުކޮށްފި އެވެ.

ތަކަންދޫ ކައުންސިލުގެ އަންހެން މެމްބަރު ކަމުގެ ގޮނޑި ހުސްވީ އެ ކައުންސިލަށް އެމްޑީޕީގެ ފަރާތުން އިންތިހާބުވި ޒާހިޔާ އަލީ އިސްތިއުފާ ދެއްވުމުންނެވެ.

އެ ގޮނޑި ހުސްވުމުން ބޭއްވި ބައި އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓު ޝައުފާގެ އިތުރުން ދެން ވާދަ ކުރެއްވީ އަމިއްލަ ގޮތުން ވާދަ ކުރި ކެންޑިޑޭޓު ފަހީމާ މުހައްމަދެވެ. ޝައުފާ އިންތިހާބު ކާމިޔާބުކުރެއްވީ ފަހީމާއަށް ވުރެ އިތުރަދށް 34 ވޯޓު ހޯދައިގެންނެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާ ގޮތުން:

- ފަހީމާ މުހައްމަދު (އަމިއްލަ ގޮތުން) : 203

- ފާތިމަތު ޝައުފާ (އެމްޑީޕީ) : 237

އިންތިހާބުގައި ވޯޓުލުމުގެ ހައްގު 675 މީހުންނަށް ލިބުނު އިރު 448 މީހުން ވަނީ ވޯޓު ލައިފަ އެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 66.4 ޕަސެންޓެވެ.