"ދަ ކްރައުން" ގެ ފަހު ސީޒަނަށް އޭގައި ރާނީގެ ރޯލު ކުޅުނު ހުރިހާ އެކްޓަރުން އެނބުރި އަތުވެއްޖެ އެވެ.
"ދަ ކްރައުން" އަކީ އިނގިރޭސިވިލާތުގެ ކުރީގެ ރާނީ އެލިޒެބަތު 2 ގެ ހަޔާތަށް އުފައްދާފައިވާ ބަޔޮޕިކް ސީރީޒެކެވެ. އޭގައި ރާނީ ޒުވާން ދުވަސްވަރުން ފެށިގެން އުމުރުން ދުވަސްވެ މުސްކުޅި ދުވަސްތައް ވެސް ދައްކުވައިދެ އެވެ.
މި ސީރީޒްގެ ފަސްވަނަ ސީޒަންގައި، ރާނީ އަށް ޓްރިބިއުޓެއްގެ ގޮތުން، "ދަ ކްރައުން" ގެ އެކި ހިސާބުތަކުން، ރާނީގެ ރޯލު ކުޅުނު އެކްޓަރުން ފެންނާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ޒުވާން ދުވަސްވަރު ރާނީގެ ރޯލު ކުޅުނު ކްލެއާ ފޯއީ އާއި މެދު އުމުރުގެ ރޯލު ކުޅުނު އޮލިވިއާ ކޯލްމަން އަދި ފަހުން ރާނީގެ މުސްކުޅި އުމުރުގެ ރޯލު ކުޅެމުން އައި އިމެލްޑާ ސްޓޯންޓަން ފެންނާނެ އެވެ.
އޭގެ އިތުރުން، ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސް ވަރު ފުރާވަރުގެ އުމުރު ރާނީގެ ރޯލު ކުޅެން، ވަޔޯލާ ޕްރެޓްޖޯން ވަނީ ސީރީޒާ ގުޅިފަ އެވެ.
ހުރިހާ ރާނީން ފަހު ސީޒަންގައި ފީޗާ ކުރުމުގެ ހިޔާލު އައީ ރާނީ އެލިޒަބަތު އަވަހާރަވުމަށް ފަހު އެވެ.
ފާއިތުވި ފަސް ސީޒަންގައި "ދަ ކްރައުން" އަށް ވަނީ ގިނަބައެއްގެ ތަރުހީބާ އެކު، ހާއްސަ އެވޯޑުތައް ލިބިފަ އެވެ. އެގޮތުން، ފޯއީ އާއި ކޮލްމަން އަށް ލިބުނު އެމީ އެވޯޑް ފާހަގަކޮށްލެވެ އެވެ.
މި ސީރީޒްގެ ފަސް ސީޒަން މިހާރު ނެޓްފްލިކްސް އިން ބެލޭނެ އެވެ.