ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސަރުކާރު ޒިންމާދާރުކުރާ ދާއިމީ ކޮމިޓީތަކުގައި ސަރުކާރު ހިންގާ ޕާޓީގެ މެޖޯރިޓީ ނޯންނަ ގޮތަށް ޑިމޮކްރެޓްސް އިން ހުށަހެޅި އިސްލާހުތަކާ އެކު، ދިގުލައިގެން ގޮސްފައިވާ ދާއިމީ ކޮމިޓީތައް މިއަދު އަލުން އެކުލަވާލައިފި އެވެ.

ސަރުކާރު ޒިންމާދާރުކުރާ ކޮމިޓީތައް ކަމަށްވާ މާލިއްޔަތު ކޮމިޓީ އާއި ސަރުކާރު ޒިންމާދާރުކުރާ ކޮމިޓީ ފަދަ ކޮމިޓީތަކުގެ މުގައްރިރު ކަން ސަރުކާރަށް ނިސްބަތްނުވާ މެންބަރުންނަށް ދިނުމަށް އިސްލާހު ހުށަހެޅުއްވީ ވިލުފުށި ދާއިރާގެ އެމްޑީޕީގެ މެންބަރު ހަސަން އަފީފެވެ. އެ އިސްލާހު ފާސްކުރީ 19 ވޯޓުންނެވެ. ދެކޮޅަށް ނުވަ މެންބަރުން ވޯޓު ދެއްވި އެވެ.

ދާއިމީ ކޮމިޓީތައް އެކުލަވާލަން ފާސްކުރީ ވޯޓުގައި ބައިވެރިވި 16 މެންބަރުންގެ އިއްތިފާގުންނެވެ.

ދިގުލައިގެން ގޮސްފައިވާ ދާއިމީ ކޮމިޓީތަކަށް ކުރިން ވެސް މި އިސްލާހު ހުށަހެޅިޔަސް އެމްޑީޕީން ދެކޮޅު ހެދުމުން އެ ގޮތަށް ފާސްނުވީ އެވެ.

ބެލެވޭ ގޮތުގައި އެމްޑީޕީން މި ގޮތަށް ފާސްކުރަން ދޫދީފައިވަނީ ޑިމޮކްރެޓްސްއާ އެކު ކުރަމުން އަންނަ މަޝްވަރާތަކަށް ފަހުގަ އެވެ.