ޓޫރިޒަމް ދާއިރާ އަށް ހިދުމަތް ކުރައްވަމުން ގެންދަވާ މ. ސްނޯރޯސް އަބްދުއްރައޫފް (ގިރާވަރު ރައޫފް) މިއަދު އަވަހާރަވެއްޖެ އެވެ.

ކުރިން ސަރުކާރަށް ވެސް ޚިދުމަތް ކުރެއްވި ރައޫފް 65، އަވަހާރަވީ ކެންސަރު ބައްޔަށް، އެމެރިކާގެ ބޮސްޓަންގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްވަމުން ގެންދަވަނިކޮށެވެ. އެނގިފައިވާ ގޮތުގައި ރައޫފް ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ އަހަރެއްހާ ދުވަސް ވެެއްޖެ އެވެ. ކުރިން ސިންގަޕޫރުގައި ފަރުވާ ހޯއްދެވުމަށް ފަހު، އިތުރަށް ހާލުކޮޅު ގޯސްވެގެން ބޮސްޓަން އަށް ގެންދިޔަތާ ވީ މަހެއްހާ ދުވަހެވެ.

ރައޫފަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ އަނބިކަނބަލުންގެ ބައްޕަ އެވެ.

ރައޫފަކީ ޓޫރިޒަމް ދާއިރާގައި ހިދުމަތް ކުރައްވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވީ ބޭފުޅެކެވެ. ރައޫފް އަވަހާރަވިއިރު ވެސް އޭނާގެ ނަމުގައި އޮންނަ ދެ ރިސޯޓެއް ހިންގަ އެވެ. އެއީ ހަތަރު ތަރީގެ ކ. ގިރާވަރު އައިލެންޑް ރިސޯޓާއި ޅ. ހުދުފުށި ރިސޯޓެވެ.