ލަންޑަން (ޖުލައި 29) - އިންގްލެންޑުގެ ފުޓްބޯޅަ އަށް ދެކުނު އޭޝިއާގެ ކުޅުންތެރިން ސްކައުޓު ކުރަން ޖެހޭ ކަމަށް އިންގްލެންޑުގެ ގައުމީ ޓީމުގެ ކޯޗު ގެރެތު ސައުތުގޭޓް ބުނެފި އެވެ.

ދެކުނު އޭޝިއާގެ އާސާރީ ތާރީހާ ގުޅޭ މަސް ފާހަގަކުރުމަށް، އިނގިރޭސި އެފްއޭ އިން ނެރުނު ވީޑިއޯގައި ވާހަކަ، ޔޫރޯގެ ފައިނަލަށް އިންގްލެންޑް ގެންގޮސްދިން ކޯޗު ބުނީ، ދެކުނު އޭޝިއާގެ ނަސްލަށް ނިސްބަތްވާ ކުޅުންތެރިންނަށް އިނގިރޭސިވިލާތުގައި ހުރި ދަތިތައް ނައްތާލަން ޖެހޭ ކަމަށެވެ.

"ނޭނގި ނަމަވެސް ވަކި ބަޔަކަށް ބުރަވެފައި ތިބޭ. ސަބަބަކަށް ވެދާނެ ވިސްނުން ގެންގުޅޭ ގޮތުން ކަމަށް. އެއީ ބައެއް އޭޝިއާގެ ކުޅުންތެރިންގެ ހަށިގަނޑަކީ އެހާ އެތުލެޓިކް ހަށިގަނޑެއް ނޫނޭ ބުނާ ވިސްނުމެއްގެ ސަބަބުން ކަމަށް އަދި އެހެން ކުޅުންތެރިންނަށް ވުރެ ފިޒިކަލީ ދަށް ވީމަ،" ސައުތުގޭޓް ބުންޏެވެ.

"އެއީ މުޅިން ގޯސް ސިފަ ކުރުމެއް. ވަރަށް ގިނަ މުޖުތަމައުތަކުގައި ވެސް ފުޓްބޯޅަ ކުޅޭ. އެކި ދާއިރާތަކުން. އެހެންވީމާ އަހަންނަށް ހީވަނީ އޭޝިއާގެ މުޖުތަމައުތައް ސްކައުޓް ކުރާ އިރު އަހަރެމެން އުފެއްދުންތެރިން ހިޔާލުގެ ބަޔަކަށް ވާން ޖެހޭނެހެން."

ސައުތުގޭޓް ބުުނީ ތަންކޮޅެއް ފުޅާކޮށް ކުޅެވޭ ލީގުތަކުގައި ކުޅުމުގެ ފުރުސަތު ދެކުނު އޭޝިއާގެ ކުޅުންތެރިންނަށް ހުޅުވާލަން ޖެހޭ ކަމަށެވެ. އަދި އެކެޑެމީތައް ވެސް ދެކުނު އޭޝިއާގެ ނަސްލަށް ވެސް ފަހި ވާނެ ގޮތަށް ބައްހައްޓަން ކުރން ޖެހޭ ކަމަށް އޭނާ ބުންޏެވެ.

ސައުތު އޭޝިއާގެ ތާރީހާ ގުޅޭ މަސް ނިމޭނީ އަންނަ މަހު 17 ގަ އެވެ. އިނގިރޭސި ވިލާތުގެ އޭޝިއާ ނަސްލުގެ ހަތް ޕަސެންޓް އާބަދީގެ ތެރެއިން ފުޓްބޯޅަ ކުޅުންތެރިންނަށް ވުމަށް ފުރުސަތު ލިބެނީ 0.25 ޕަސެންޓު ކުޅުންތެރިންނަށެވެ.