މަސްވެރިންނަށް ހާއްސަ ބެންކިން ނިޒާމެއް އިފްތިތާހު ކުރެއްވުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގއ. ކޫއްޑޫ އާއި ވިލިނގިއްްްޔަށް މިއަދު ވަޑައިގެެެެެެެންފި އެވެ.
މި ދަތުރުފުޅުގައި އިފްތިތާހުކުރައްވަން ހަމަޖައްސާފައިވާ "މަސްދޯނި އެކައުންޓު" މެދުވެރިކޮށް މަސްވެރިންނަށް ފައިސާގެ މުއާމަލާތްތައް ފަސޭހައިން ކުރެވޭނެ އެވެ. އޭގެ ތެރޭގައި މަސްވެރިކަމުން ހޯދާ ފައިސާ ރަށުގައި ހުރެގެން އެކައުންޓަށް ޖަމާ ކުރުމާއި ތަފާތު ލޯނު ސްކީމުތަކުގައި ފަސޭހައިން ބައިވެރިވެ ވުން ހިމެނެ އެވެ.
އެއް ދުވަހަށް ކުރައްވާ މި ދަތުުރުފުޅުގައި އެ އަތޮޅު ކައުންސިލާާާއި ވިލިނގިލީ ކައުންސިލުގެ މެމްބަރުންގެ އިތުރުން، އެ ރަށުގެ މުއާސަސާތަކުގެ އިސްވެރިންނާ ވެސް ރައީސް ބައްދަލުކުރައްވާނެ އެވެ. މި ދަތުރުފުޅު ނިންމަވާލުމަށް ރައީސް މިރޭ މާލެ ވަޑައިގަންނަވާނެ އެވެ.