ދައުލަތަށް ބައިގަރުނަށްވުރެ ގިނަ ދުވަހު ހިދުމަތްކުރެއްވި އިބްރާހިމް ރަޝީދު (ވައިޖެހޭ އިބްރާހިމް ރަޝީދު) ރޭ އައިޖީއެމްއެޗްގައި އަވަހާރަވެއްޖެ އެވެ.
އެޓޯލްސް މިނިސްޓްރީގެ ޑިރެކްޓާކަމާއި ޑިރެކްޓާ ޖެނެރަލްކަމުގެ އިތުރުން ވަޒީރުލް އައުޒަމްގެ ސެކްރެޓަރީކަމާއި މަޖީދިއްޔާ ސްކޫލުގެ ނާޒިރުގެ އެހީތެރިޔާކަން ކުރެއްވި ރަޝީދު އަވަހާރަވީ ރޭ 11:00 ހާއިރެވެ.
ކުރީގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމްގެ ބައްޕާފުޅު، ރަޝީދު ވަނީ އެއާޕޯޓު އޮފީހުގެ ވެރިޔާގެ އެހީތެރިކަމާއި ހއ. އަތޮޅުގެ އަތޮޅުވެރިކަން ވެސް ކުރައްވައިފަ އެވެ.
އޭނާ އެންމެ ފަހުން ހުންނެވީ ހޯމް މިނިސްޓްރީގެ އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގަ އެވެ. އެއަށްފަހު ދައުލަތުން ވަކިވެވަޑައިގެންނެވީ މާޗު 23، 2006 ގަ އެވެ.