ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމަށް ހާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަ ކުރައްވާފައިވާ އިބްރާހިމް ޝަހީބް އައްޔަން ކުރައްވައިފި އެވެ.
މިދިޔަ ބުދަދުވަހު ޝަހީބް އެ މަގާމަށް އައްޔަން ކުރެއްވީ ޑެޕިއުޓީ މިނިސްޓަރެއްގެ ފެންވަރުގަ އެވެ.
އެއީ ސިޔާސީ މަގާމެއް ކަމަށް ހަމަޖެއްސީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އެމަނިކުފާން ދައުރުގައި އެ މަގާމުގައި ހުންނެވީ މުހައްމަދު ޝަހުދީ އެވެ.
ޝަހީބަކީ ރާއްޖޭގެ ހާރިޖީ ދާއިރާގައި މަސައްކަތް ކުރައްވާ އެންމެ ތަޖުރިބާކާރު އަދި އެ ދާއިރާގައި އެންމެ ދުވަސްވީ ބޭފުޅުންގެ ތެރޭގައި ހިމެނޭ ޚިދުމަތްތެރިއެކެވެ.