ޕެރިސް (އޯގަސްޓް 23) - ފްރާންސްގެ ލިލްގެ ފޯވާޑް މުހައްމަދު ބަޔޯ، ޕީއެސްޖީ މެޗުގެ ކުރިން ޕާޓީ ކުރަން ދިއުމުން، ކްލަބްގެ ސީނިއާ ޓީމުން އޭނާ ބޭރުކޮށްފި އެވެ.

ޕީއެސްޖީއާ ދެކޮޅަށް އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗަށް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ވެސް ގިނީގެ ފޯވާޑަށް ފުރުސަތު ނުދެ އެވެ. މެޗުން ލިލް ބަލިވީ 7-1 ނެނެވެ.

ކްލަބްގެ ސީނިއާ ޓީމުން އޭނާ ބޭރުކޮށް އޭނާ ޑިމޯޓް ކުރީ ފަސްވަނަ ޑިވިޝަންގައި ވާދަކުރަ މުންނަ ލިލްގެ ބީ ޓީމަށެވެ. އަދި ކްލަބުން ވަނީ 75،000 ޑޮލަރުން އޭނާ ޖޫރިމަނާ ކޮށްފަ އެވެ.

"އޭނާގެ އަމަލަކީ ކްލަބަށާއި ކޯޗުންނަށާ އަހަރެމެންގެ ސަޕޯޓަރުންނަށް އިހުތިރާމު ނުކުރާކަން ހާމަކޮށްދޭ ކަމެއް،" ކްލަބް ރައީސް އޮލިވިއޭ ލެޓަންގް ވިދާޅުވި އެވެ.

"އަހަރެމެންނަށް ބަލައެއް ނުގަނެވޭ އެކަމެއް އަހަރެމެން މިތިބީ ކޯޗު [ޕައުލޯ ފޮންސެކާ] ނިންމި ނިންމުމަށް ތާއީދުކޮށްގެން."

ބަޔާ، 24، ލިލް އިން ސޮއި ކުރުވީ 12 މިލިއަން ޑޮލަރު ހަރަދު ކުރުމަށް ފަހު ފްރާންސްގެ ކްލަމޯންޓުންނެވެ.

އޭޕްރީލް މަހު ކްލަމޯންޓުގެ ކޯޓުން ވަނީ މަސްތުގެ ހާލަތުގައި އިނދެ ބަޔާ ކާރު ދުއްވުމުން އޭނާގެ ޑްރައިވިން ލައިސެންސް ދެ މަހަށް ސަސްޕެންޑް ކުރަން އަމުރު ނެރެފަ އެވެ.