ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން އާއި ދަރިކަނބަލުން ދުންޔާ މައުމޫން މަޖިލިސް އިންތިހާބުން ނާކާމިޔާބު ވެއްޖެ އެވެ.

ފާރިސް ވާދަ ކުރެއްވީ މައްޗަންގޮޅި އުތުރު ދާއިރާއަށެވެ. އަދި ދުންޔާ ވާދަ ކުރެއްވީ ހުޅުމާލެ ދެކުނު ދާއިރާއަށެވެ.

މިހާތަނަށް ލިބިފައި ހުރި ނަތީޖާތަކުން ދައްކާ ގޮތުގައި މައްޗަންގޮޅި އުތުރު ދާއިރާ އިން ކުރި ހޯދާފައި ވަނީ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު (ޖަނާ އިއްބެ) އެވެ. އަދި ހުޅުމާލެ ދެކުނު ދާއިރާ އިން ކުރި ހޯދާފައި ވަނީ ޝަނީޒް ހާޝިމް (ޝަންކޮ) އެވެ. އެ ދެ ބޭފުޅުންނަކީ ވެސް ޕީއެންސީގެ ކެންޑިޑޭޓުންނެވެ.

އެ ނަތީޖާ އަށް ފަހު ދުންޔާ މިރޭ ކުރެއްވި ޓުވީޓެއްގައި ވަނީ އޭނާގެ ނާކާމިޔާބީ ގަބޫލު ކުރައްވައިފަ އެވެ.