ސައްހަނޫން ޑޮލަރުން ވިޔަފާރިކުރި މައްސަލައެއްގައި މީހަކު ހޯދަން އިއުލާނުކޮށްފި އެވެ.

ފުލުހުން ބުނީ ކާކުކަން ދެނެގަނެވިފައިނުވާތީ، އެ މީހާ މިހާތަނަށް ހޯދިފައިނުވާ ކަމަށެވެ. އެހެންވެ، އެ މީހާ ހޯދުމަށް ފުލުހުން ވަނީ އާންމުންގެ އެހީއަށް އެދިފަ އެވެ.

އެ މީހާ ހޯދަން ފުލުހުން އާއްމު ކުރި ވީޑިއޯއިން ފެންނަނީ ފޯނު ވިއްކާ ފިހާރައެއްގައި ހުއްޓަ އެވެ.

ބެލެވޭ ގޮތުގައި އެ މީހާ ވިޔަފާރިކުރީ މާލޭގައި ހުންނަ ފިހާރައަކުންނެވެ.

ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ނަމްބަރު 3322111 ނުވަތަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދިފަ އެވެ.