"ދަ ބެސްޓް" އާއި "ވަޓްސް ލަވް ގޮޓް ޓު ޑޫ ވިތު އިޓް" ފަދަ މަޝްހޫރު ލަވަތައް ކިޔާފައިވާ އެމެރިކާގެ ރޮކް މިއުޒިކްގެ ލެޖެންޑު، ޓީނާ ޓާނާ އުމުރުން 83 އަހަރުގައި މިއަދު މަރުވެއްޖެ އެވެ.

ބޭރުގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި، އޭނާ މަރުވީ ބަލިވެ އުޅޭތާ ވަރަށް ގިނަ ދުވަސްވީ ފަހުންނެވެ. މިދިޔަ އަހަރުތަކުގައި އޭނާ ވަނީ ސިއްހީ އެކި މައްސަލަތައް ދިމާވެގެން ފަރުވާ ހޯދައިފަ އެވެ. ކެންސަރާއި ސްޓްރޯކެއް ޖެހި އަދި ކިޑްނީ ފެއިލްވެގެން ވެސް އޭނާ ފަރުވާ ހޯދި އެވެ.

ޓީނާ ޓާނާ އެންމެ ފުރަތަމަ މަޝްހޫރުވީ 1960ގެ އަހަރުތަކުގައި އޭނާގެ ކުރީގެ ފިރިމީހާ އައިކްއާއެކު ކިޔާފައިވާ "ޕްރައުޑް މެރީ" އާއި "ރިވާ ޑީޕް" އަދި "މައުންޓެއިން ހައި" ފަދަ ލަވަތަކުންނެވެ.

ގެވެށި އަނިޔާގެ މައްސަލައެއްގައި 1978 ވަނަ އަހަރު އައިކް ކައިރިން ވަރިވުމަށް ފަހު، 1980ގެ އަހަރުތަކުގައި އޭނާ ނެރުނު ލަވަތަކުން މާ ބޮޑު ކާމިޔާބީއެއް ހޯދި އެވެ. ގިނަ ބަޔަކު އޭނާ ސިފަކުރަނީ ރޮކް އެން ރޯލް މިއުޒިކުގެ ރާނީގެ ގޮތުގަ އެވެ.

ޓީނާ ޓާނާ ވަނީ އެމެރިކާގެ މިއުޒިކީ ދުނިޔޭގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ ގްރޭމީސް އަށް ފަހަރެއްގެ މަތިން ހޯދައިފަ އެވެ.

ޓީނާ ޓާނާ ދެ ކައިވެންޏެއް ކުރި އިރުގައި އޭނާއަށް ލިބުނު ދެ ފިރިހެން ދަރިން ވެސް ވަނީ މީގެ އަހަރުތަކެއް ކުރިން މަރުވެފަ އެވެ.