ކަލާސް ޓީވީ އިން ދައްކާ ބިގްބޮސް 16ގެ ކުރިއަށް އޮތް އެޕިސޯޑުގައި ފެންނާނީ ސަލްމާން ހާން، ސައުންދަރިޔާގެ ކުރިމަތީގައި ގޯތަމް ފަލީހަތް ކޮށްލުމުން އޭނާ ރޯ މަންޒަރެވެ.
ކުރިއަށް އޮތް އެޕިސޯޑުތަކުގައި ބިގްބޮސް ގައި ވަރަށް ބައިވަރު "ޑްރާމާތައް" ފެންނާނެ އެވެ. އަންނަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހުގެ އެޕިސޯޑުގައި ބިގްބޮސްގެ ހޯސްޓު ސަލްމާން ހާން ވަނީ ބިގްބޮސްގެ ކޮންޓެސްޓުންނާ ވާހަކަ ދައްކައި، ދިމާވެފައިވާ ބައެއް މައްސަލަތައް ހައްލު ކޮށްފަ އެވެ.
މި ހަފުތާގެ އެޕިސޯޑުގައި ހޯސްޓު ސަލްމާން ހާން، ބިގްބޮސް ކޮންޓެސްޓް ގޯތަމް ސިން ވިގްގެ އަޑުއަހަން ބޭނުން ނުވާ އެތައް ވާހަކަތަކެއް އޭނާގެ އެކުވެރި ސޯންދަރިޔާ ޝަރުމާ ކުރިމަތީގައި ހާމަކުރާނެ އެވެ.
ސަލްމާން ހާން، ގޯތަމްގެ ވީޑިއޯ ދެއްކުމުން އޭނާ އެ ކަމަށް އެއްބަސް ވުމާއެކު، ސޯންދަރިޔާ އެ ކަމާ ދެރަވާ މަންޒަރު ވެސް ފެންނާނެ އެވެ.
ބިގްބޮސްގެ އޮފިޝަލް ޓްވިޓާ އިން ޕޯސްޓު ކޮށްފައިވާ ޕޯސްޓުގެ ކެޕްޝަނުގައި ޖަހާފައި އިނީ "އެކްސްޕޯސިން" މިހެންނެވެ.
އެ ވީޑިއޯ ކްލިޕް ނިމޭ ތަނުން ފެންނަނީ ސޯންދަރިޔާ، ސަލްމާން ދިފާއު ނުކޮށްދޭތީ އެ ކަމުގެ ނުރުހުން ފާޅުކުރާ ތަނެވެ.
ވީޑިއޯގައި ފެންނަނީ ސޯންދަރިޔާ، ގޯތަމް އާ ދިމާއަށް ރުޅި އައިސްގެން ހަޅޭއްލަވާ މަންޒަރެވެ. އެންމެންގެ ކުރިމަތީ އޭނާ ބޭޒާރު ވާއިރު ގޯތަމް އެއްވެސް އެއްޗެއް ނުބުނުމުން އެކަމުގެ ޝަކުވާ އޭނާ ކުރެ އެވެ. އަދި އޭނާގެ ބައްޕަ ހުރި ނަމަ މޫނު މަތީގައި ޖަހާނެ ކަމަށް ވެސް ސޯންދަރިޔާ ބުނެ އެވެ. އެ ހުރިހާ ވާހަކައެއް ކިޔައި ނިމުން އިރު ވެސް ގޯތަމް ހުންނަނީ ބަސް ހުއްޓިފަ އެވެ.
ބިގްބޮސް 16ގެ މި ސީޒަން ނިމޭއިރު، އެ ދެބައިވެރިން ގުޅޭނެ ކަމަށް ގިނަ ބެލުންތެރިން ވެސް ބުނެފައި ވެ އެވެ އެކަމަކު، އެ ވީޑިއޯއާއެކު ކުރިއަށް އޮތްތަނުގައި އެ ދެ ބައިވެރިންގެ ގުޅުން އިތުރަށް ގޯސްވެގެން ވެސް ހިނގައިދާނެ އެވެ.