އެންފީލްޑްގައި ލިވަޕޫލްގެ ސަޕޯޓަރުންގެ ފަރާތުން ކުރިމަތި ކުރި ފާޑުކިޔުމާއި "މަކަރުވެރިން" ކަމަށް ބުނެ ގޮއްވި އަޑުގޭތަކާއި ނުރުހުންތަކަށް ގޮންޖަހައި، 3-0 އިން ލިވަޕޫލް ބަލިކޮށް ސިޓީން ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ރެކޯޑު ދަމަހައްޓައިފި އެވެ.

ރޭ ކުޅުނު އެ މެޗަކީ، ޕްރިމިއާ ލީގުގެ 115 މައްސަލައަކާ ސިޓީން ހިލާފުވިކަމަށް ސާބިތުވެ، އެ ޓީމު ކުށްވެރިވެފައިވާކަމަށް ނިންމި ފަހުން ކުޅުނު ފުރަތަމަ މެޗެވެ. 

ސިޓީއާ ދެކޮޅަށް ލިވަޕޫލްގެ ސަޕޯޓަރުން ދެމި ބެނާއެއް
ސިޓީއާ ދެކޮޅަށް ލިވަޕޫލްގެ ސަޕޯޓަރުން ދެމި ބެނާއެއް

ސިޓީން އެކަން ދޮގުކުރެ އެވެ. އަދި އެ ކްލަބުން ވަނީ، މައްސަލަ ބެލި ޕްރިމިއާ ލީގުގެ މިނިވަން ކޮމިޝަނުގެ ނިންމުން އިސްތިއުނާފުކޮށްފަ އެވެ. 

އެކަމަކު އެންފީލްޑަށް ވަން ލިވަޕޫލްގެ ސަޕޯޓަރުން ވަނީ "މަކަރުވެރިން" އަދި "ވަގުން" ފަދަ ބެނާތަކާ އެކު ސިޓީގެ ކުޅުންތެރިންނާ ދެކޮޅަށް ނުރުހުމެއް ފާޅުކޮށްފައެވެ.

އެންދޯނީ އިރާއޯލާގެ އިރުޝާދުގެދަށުން ރޭގެ މެޗާ ހަމައަށް، މި ސީޒަނުގައި ބަލިވެފައި ނެތް ލިވަޕޫލަށް މެޗުގައި ބޮޑު ގޮންޖެހުމަކާ ކުރިމަތިވި އެވެ. އެއީ ދެވަނަ ހާފުގައި އެ ޓީމުގެ މިޑްފީލްޑަރު ރަޔަން ގްރަވެންބާޗަށް ދެވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ.

ސިޓީއާ ދެކޮޅަށް ލިވަޕޫލްގެ ސަޕޯޓަރުން ދެމި ބެނާއެއް
ސިޓީއާ ދެކޮޅަށް ލިވަޕޫލްގެ ސަޕޯޓަރުން ދެމި ބެނާއެއް

އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ލިވަޕޫލްގެ ދަނޑުގައި ސިޓީން ވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ތިން ލަނޑު ޖަހާފައެވެ. ސިޓީގެ ލަނޑުތައް ޖަހައިދިނީ އާލިން ހާލަންޑް، ޖެރެމީ ޑޮކޫ އަދި ރަޔާން ޝެރްކީ އެވެ.

މޮޅާ އެކު ސިޓީން ތާވަލުގެ ކުރީގައި މަގާމު ވަރުގަދަކުރި އެވެ.