"ޖޭމްސް ބޮންޑް" ސީރީޒްގެ ފަހުގެ ދެ ފިލްމެއްގައި ބޭނުންކުރި ވެހިކަލެއް އީބޭގައި 265،000 ޕައުންޑް (339,993 ޑޮލަރު) އަށް ވިއްކާލައިފި އެވެ.
ހާއްސަ އެޑިޝަނެއްގެ ދަށުން ތައްޔާރުކުރި ލޭންޑް ރޯވާ ޑިފެންޑާ އަކީ 2012 ގެ "ސްކައިފޯލް" އާއި 2015 ގެ "ސްޕެކްޓާ" ވެސް ބޭނުންކުރި ވެހިކަލެކެވެ. އެގޮތުން ޑެނިއަލް ކްރެއިގް ބޮންޑްގެ ރޯލް ކުޅުނު އެ ދެ ފިލްމުގައި ޑިފެންޑާ ބޭނުންކޮށްފައި ވަނީ ފީލްޑް އެޖެންޓް އީވްގެ ކެރެކްޓާ ކުޅުނު ބަތަލާ ނައޯމީ ހެރިސް އެވެ.
ބޮޑެތި މަޝްހޫރު ފިލްމުތަކުގައި ބޭނުންކޮށްފައިވާ މި ޒާތުގެ ތަކެތި އަގުބޮޑުކޮށް ވިއްކުމަކީ އާންމުކޮށް ކުރާ ކަމެކެވެ. އަދި މިފަދަ އެއްޗެހި ގަންނަން ފިލްމުތަކަށް ލޯބިކުރާ ބައެއް މީހުން ވަރަށް ބޮޑު ޝައުގުވެރިކަނެއް ވެސް ދެ އެވެ.
އިނގިރޭސި ޖާސޫސީ އެޖެންޓެއްގެ ގޮތުގައި ޖޭމްސް ބޮންޑްގެ ވާހަކަ ކިޔައިދޭ ފިލްމުތަކަކީ ބެލުންތެރިން އަބަދު ވެސް ވަރަށް ޝައުގުވެރިކަންދޭ ފްރެންޗައިޒެކެވެ. ކުރިއަށް އޮތީ މި ސީރީޒްގެ 25 ވަނަ ފިލްމެވެ. އެއީ އަންނަ މަހުގެ 12 ގައި ސިނަމާތަކަށް ގެންނާނެ ކަމަށް ބެލެވޭ "ނޯ ޓައިމް ޓު ޑައި" އެވެ. މި ފިލްމުވެގެން ދާނީ ޑެނިއަލް ބޮންޑްގެ ރޯލުން ފެންނާނެ ފަހު ފިލްމެވެ. އަދި މިއީ އޭނާ ބޮންޑްގެ ރޯލް ކުޅުނު ފަސް ވަނަ ފިލްމެވެ.
ބޮންޑްގެ ފިލްމުތަކަކީ އަބަދު ވެސް ވަރަށް އާދަޔާހިލާފު އުފެއްދުން ފެންނަ ފިލްމުތަކެވެ. އަދި އެ ފިލްމުތަޖުން ފެންނަ ބައެއް އެއްޗެހި ހަގީގަތަކަށްވެފައި ހަދާފައިވެ އެވރެ. ބޮންޑްގެ ފިލްމުތަކުން އަބަދު ވެސް ވަރަށް ތަފާތު އެކި ކަހަލަ އާދަޔާހިލާފު ވެހިކަލްއް ފެންނާނެ އެވެ.