އިކޮނޮމިކް މިނިސްޓްރީގެ އަޕްސްކިލިން އެންޑް ޓްރެއިނިން ޕްރޮގްރާމްގެ ފުރަތަމަ ބެޗްގެ މީހުންނަށް ސެޓްފިކެޓް ހަވާލުކޮށްފި އެވެ.

އަޕްސްކިލިން އެންޑް ޓްރެއިނިންގެ ދަށުން 41 މީހަކަށް ވަނީ ޕްރޮފެޝަނަލް އެސޯސިއޭޝަން އޮފް ޑައިވިން އިންސްޓްރަކްޓާސް (ޕަޑީ) ގެ ސެޓްފިކެޓް ދީފަ އެވެ. ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ.

މި ޕްރޮގްރާމުގެ ބައިވެރިން ތަމްރީނު ހޯދީ ރާއްޖޭގެ ފަސް ޑައިވް ސެންޓަރަކުންނެވެ. އެއީ ޑައިވާސް ލޮޖާއި އޯޝަން ޖަންކީޒް އާއި އޯޝަން ވޮރިއާސް އާއި ޑައިވް ޑެސްކް އަދި ޑައިވް ކްލަބުންނެވެ.

އަޕްސްކިލިން އެންޑް ޓްރެއިނިން ޕްރޮގްރާމަކީ ވަޒީފާ ނެތް މީހުންނާއި އަމިއްލަ މަސައްކަތްކުރާ މީހުންނަށް ހުނަރު އިތުރުކުރުމަށް މަގުފަހިކޮށް އަދި ޕްރޮފެޝަނަލް ލެވެލްގެ ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމުގެ ދިނުމުގެ ގޮތުން މިނިސްޓްރީން ހިންގާ ޕްރޮގްރާމެކެވެ.

އެ ޕްރޮގްރާމްގެ ދަށުން މިހާރު ވެސް 150 އަށް ވުރެ ގިނަ ދަރިވަރުން ޑައިވް މާސްޓާ އަދި އިންސްޓްރަކްޓާ ޑިވެލޮޕްމަންޓް ކޯސްތަކުގައި ކިޔަމުންދެ އެވެ.

ޑައިވިންގެ އިތުރުން އެކައުންޓިން، އައިސީޓީ އަދި އެޕްރެންޓިސްޝިޕް ޕްރޮގްރާމްތައް ހިމެނޭ ގޮތަށް، 700 އަށް ވުރެ ގިނަ ދަރިވަރުން މި ޕްރޮގްރާމުގެ ދަށުން އަންނަނީ ކިޔަވަމުންނެވެ. މިއީ ސަރުކާރުން 100 ޕަސެންޓް ސްޕޮންސާކޮށްގެން ހިންގާ ޕްރޮގްރާމެކެވެ. އަދި ތަމްރީންގައި ބައިވެރިވާ ކޮންމެ މީހަކަށް މަހަކު 5،000ރ. ސްޓައިޕެންޑް އެލަވަންސް އެއް ލިބޭނެ އެވެ.