ތަފާތު ކުޅިވަރުތައް ކުޅުމަށް ކުޑަކުދިންގެ މެދުގައި މަގްބޫލު ޕީކް އެންޑް ޕްލޭ އިން ޑޭ ކެއާގެ ހިދުމަތް ދޭން ފަށައިފި އެވެ.
މިދިޔަ މަހު ހުޅުވި ޕީކް އެންޑް ޕްލޭ ޑޭ ކެއާ އިން އެ ހިދުމަތަށް އެދޭ ފަރާތްތަކަށް 20 ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެ ކަމަށް އެ ޑޭކެއާ ސެންޓަރުން ބުންޏެވެ.
މި ޑޭ ކެއާ ސެންޓަރުން ތިން ކެޓަގަރީއެއްގެ އުމުރު ފުރައަކަށް ހިދުމަތް ދެ އެވެ. އެއީ އެންމެ ތުއްތު ކުދިންނާއި އެއް އަހަރާއި ތިން އަހަރުގެ ކުދިންނާއި ޕްރީ ސްކޫލުގައި އުޅޭ ކުދިންނެނެވެ. އެގޮތުން ހަ މަހުން ފެށިގެން 10 އަހަރާ ދެމެދުގެ ކުދިންނަށް އެ ސެންޓަރުން ހިދުމަތް ލިބޭނެ އެވެ.
ޕީކް އެންޑް ޕްލޭގައި ކުދިންނަށް ނިދުމަށް ހާއްސަ ކޮޓަރި އަކާއި އެންމެ ތުއްތު ކުދިންނަށް ފީޑިން އޭރިއާއެއްގެ އިތުރުން ނިދުމަށް ހާއްސަ ބައެއް ކަނޑައަޅާފައިވެ އެވެ.
އެ ސެންޓަރު ތައްޔާރުކޮށްފައިވަނީ، ކުދިންނަށް "ޕްރިޓެންޑް އެންޑް ޕްލޭ" ކުޅެވޭނެ ގޮތަށް ވަރަށް ގިނަ ކަންކަން ކުރެވޭނެ ގޮތަށެވެ. އެގޮތުން ކްލިނިކަކާއި ޕެޓް ސްޓޯރަކާއި ސުޕަމާކެޓަކާއި ގަރާޖެއްގެ އިތުރުން ބުކްސްޓޯއަކާއި ކެފޭ އެއްގެ އިތުރުން ސިނާމާއެއް ހަދާފައިވެ އެވެ. އަދި މަގުމަތީގައި އުޅޭނެ ގޮތްތައް ދަސްކޮށްދިނުމަށް މަގުގައި ހިނގުމަށް ހާއްސަ އޭރިއާ އާއި ދުއްވާ އެއްޗެހި ދުއްވޭ ގޮތަށް މުޅިތަން ވަނީ ހަދާފަ އެވެ.
އެތަނުން ބުނީ އެ ޑޭ ކެއާ ސެންޓަރުގެ އެންމެ ހާއްސަ ކަމަކީ، ބެލެނިވެރިން ބޭނުންވާ ގޮތަށް ކަސްޓަމައިޒްކޮށްގެން، ކުދިންގެ ޑެއިލީ ޝެޑިއުލް ރާވައިދޭނެ ކަމަށެވެ. އެ ކުދިން ކޮންމެ ދުވަހަކު، ޑޭ ކެއާގައި ހޭދަކުރާ ވަގުތާއި އެ ކުއްޖެއްގެ އުމުރަށް ބެލުމަށް ފަހު، ކޮންމެ ކުއްޖަކަށް ހާއްސަ ޑެއިލީ ޝެޑިއުލެއް ހަދައިދެ އެވެ. ޑެއިލީ ޝެޑިއުލްގައި، ގުރުއާން ކިޔެވުމާއި ކިޔެވުމުގެ އެހެން ހަރަކާތްތަކުގެ އިތުރުން ކުދިންނަށް ތަފާތު ސްކިލްތައް ދަސްކޮށްދޭ ހަރަކާތްތައް ވެސް ކުރިއަށް ގެންދާނެ ކަމަށް އެ ޑޭ ކެއާ އިން ބުންޏެވެ. އެ ޑޭކެއާގައި 24 ގަޑި އިރު ސީސީޓީވީ ކެމެރާ ހަރުކޮށްފައިވެ އެވެ.
ޕީކް އެންޑް ޕްލޭ އިން ބުނި ގޮތުގައި އެ ޑޭ ކެއާ ގައި 1.5 ގަޑި އިރު ހޭދަކުރާ ކުއްޖެއް ނަމަ، ތަފާތު އެކްޓިވިޓީ އަކާ އެކު "ޕްރިޑެންޓް އެންޑް ޕްލޭ" ފަދަ ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ.
"މިހާރު ހުންނާނެ، ކުދިންނަށް ކެއްކުމާއި، އެއްޗެހި ދުއްވާލައި، ފިހާރައަށް ވަދެ އެއްޗެހި ގަތުން ފަދަ ކުޅިވަރުތައް ކުޅެވޭ ގޮތަށް ސްޓޯލްތައް ހަދާފައި،" ޕީކް އެންޑް ޕްލޭ އިން ބުންޏެވެ.
މިދިޔަ މަހު ހުޅުވި، ޕީކް އެންޑް ޕްލޭގައި ޑޭ ކެއާއަށް ކުދިންނަށް ނިދަން ހާއްސަ އޭރިއާއެއް ވެސް ހުންނާނެ އެވެ. އަދި ޑޭ ކެއާގެ އިތުރުން، ކުޅެލަން ބޭނުންވާ ކުދިންނަށް، ބެލެނިވެރިންނާ އެކު އެތަނަށް ގޮސް، ކުޅިވަރުތަކުގައި ބައިވެރިވެ، ސްޓޯލުތަކުގައި ހުންނަ ހަރަކާތްތައް ތަޖުރިބާކޮށްލެވޭނެ އެވެ. އެ ޑޭ ކެއާ ސެންޓަރުގައި ތިބޭ ކުދިން ޑޭ ކެއާގައި ކުރާ ކަންކަމާއި ކާ ވަގުތުތަކާއި ނިދާ ވަގުތުތަކުގެ އިތުރުން ކޮށްލާ ހާއްސަކަންކަން އެޕްލިކޭޝަނެއް މެދުވެރިކޮށް، ބެލެނިވެރިންނަށް ފޮނުވާނެ ކަމަށް ޕީކް އެންޑް ޕްލޭ އިން ބުންޏެވެ.
ޕީކް އެންޑް ޕްލޭ ހުންނަނީ، އަމީނީމަގާ ގުޅިފައި އޮންނަ "މެޓަލް ސައިން" ހުންނަ ގޯޅި ތެރޭގަ އެވެ.