ބީއެމްއެލްގެ އޮންލައިން އެޕޮއިންޓްމަންޓް ޕޯޓަލަށް ވަދެ، އެޕޮއިންޓްމަންޓް ހޯދުމަށް އިތުރު ފަސޭހަތަކެއް އެ ބޭންކުން ފަހިކޮށްދީފި އެވެ.

ބީއެމްއެލް އަދި ބީއެމްއެލް އިސްލާމިކްގެ ހިދުމަތްތައް ހޯދުމަށް ކުރިއަށް އޮންނަ 10 ދުވަހަށް ވެސް މިހާރު އެޕޮއިންޓްމަންޓް ހެއްދޭ ގޮތަށް ވަނީ ޕޯޓަލަށް ބަދަލު ގެނެސްފަ އެވެ. އެޕޮއިންޓްމަންޓް ލިބެން ހުރި ތާރީހާއި އެޕޮއިންޓްމަންޓް ގަޑި ފަސޭހަކަމާ އެކު ޕޯޓަލް މެދުވެރިކޮށް މިހާރު ބެލެ އެވެ.

ޕާސަނަލް ކަސްޓަމަރުންނަށް ލޯނަށް އެދި ހުށަހެޅުމަށާއި ބީއެމްއެލްގެ ޓީމާ ބައްދަލުކޮށް، ލޯނު އަދި ފައިނޭންސިންގެ މައުލޫމާތު ސާފުކުރުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސޭނެ އެވެ. ބިޒްނަސް ކަސްޓަމަރުންނަށް ބޭންކް އެކައުންޓް ހުޅުވައި ދިނުމާއި ލޯނާއި ފައިނޭންސިން އަށް އެދި ހުށަހެޅުމާއި ލޯނާއި ފައިނޭންސިންއާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ބީއެމްއެލްގެ ސްޕެޝަލިސްޓް ޓީމާ ބައްދަލުކުރުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލްގެ އެޕޮއިންޓްމެންޓް ޕޯޓަލަށް އެ ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް ވަދެވޭނެ އެވެ.