ރޯދަމަހުގެ ކޮންމެ ދުވަހަކު ގޭގައި ހަދާ އެކިފާޑުގެ ކާނާގެ ބާވަތްތަކުން އުކާލަންޖެހޭ ބައި ވަރަށް ގިނަ އެވެ. މި ކިޔައިދެނީ ކުކުޅު ރިހަ ނުވަތަ އެ ނޫން ވެސް ރިހައަކުން ޕާސްތާ ސޯސްއެއް ހެދިދާނެ ރެސިޕީއެކެވެ.

ޕާސްތާ ސޯސް ހަދަން ބޭނުންވާ ތަކެތި:

- ރިހަ

- ޗީޒް

- ޕްލެއިން ޔޯގަޓް

- ކެޝޫ ކްރީމް ނުވަތަ ޓޮމާޓޯ ޕިއުރީ

ޕާސްތާ ސޯސް ހަދާނެގޮތް:

ތެލީގައި ބާކީވެފައި ހުންނަ ރިހަކޮޅުތެރެ އަށް ގިނަ ނުވާނެ ވަރަށް ޗީޒް އެޅުމަށް ފަހު މަޑުގިނީގައި ކައްކާލާށެވެ. އަދި ކައްކަމުންދާ އިރު އޭގެ ތެރެއަށް ޕްލެއިން ޔޯގަޓް އަޅަމުން ރީއްޗަށް އެއްކޮށްލަމުން ދާށެވެ. އަދި އިތުރަށް ރަހަ މީރު ކޮށްލުމަށް ކެޝޫ ސޯސް ނުވަތަ ޓޮމާޓޯ ޕިއުރީ އެޅިދާނެ އެވެ. (ބޭނުން ނަމަ މިކްސަރަށް އަޅާފައި ކުޑަކޮށް ބްލެންޑް ކޮށްލިއަސް އެންމެ ރަނގަޅުވާނެ އެވެ.) ސްޕެގެޓީ ބޮލޮގްނީސް ހެދުމަށް މި ސޯސް ވަރަށް މީރު ވާނެ އެވެ.