ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އިން ވިސާ ކާޑު ތައާރަފްކޮށްފި އެވެ.
ސީބީއެމް އިން ބުނީ ވިސާ ޑެބިޓް އަދި ކްރެޑިޓް ކާޑު ވެސް ލިބޭނެ ކަމަށެވެ. މިކާޑުން ރާއްޖެ އާއި ރާއްޖޭން ބޭރުގައި ވެސް ޕީއޯއެސް މެޝިންތަކުން މި ކާޑު ބޭނުން ކުރެވޭނެ އެވެ. ކޮމާޝަލް ބޭންކްގެ އޭޓީއެމްތަކުގެ އިތުރުން ވިސާ ކާޑު ބޭނުން ކުރެވޭ އެހެން ބޭންކްތަކުގެ އޭޓީއެމްތަކުގައި ވެސް މި ކާޑު ބޭނުންކުރެވޭނެ އެވެ.
ސީބީއެމް އިން ބުނީ މި ދުވަސްވަރު ވިސާ ކާޑު ތައާރަފް ކުރި އިރު ރުފިޔާ ޑޮމިނޭޓެޑް ކާޑާއި ޑޮލަރު ޑޮމިނޭޓް ކާޑު ތައާރަފްކޮށްފައިވާ ކަމަށެވެ. އެގޮތުން ޑޮލަރު ޑޮމިނޭޓެޑް ކާޑު ހެއްދޭނީ ޑޮލަރު އެކައުންޓް މީހުންނަށް އެކަންޏެވެ.
އެ ބޭންކުން ތިން ބާވަތެއްގެ ކްރެޑިޓް ކާޑު ތައާރަފްކޮށްފައިވެ އެވެ. އެއީ ވިސާ ކްލާސިކް އާއި ވިސާ ގޯލްޑާޢި ވިސާ ޕްލެޓިނަމް ވަނީ ތައާރަފްކޮށްފަ އެވެ.
ސީބީއެމް އިން ވިސާ ކާޑު ތައާރަފްކޮށްފައިވާ އިރު ބޭންކް އޮފް މޯލްޑިވްސް އާއި ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ވެސް ވިސާ ކާޑު ބޭނުން ކުރެވޭނެ އެެވެ.
ސީބީއެމް ހުޅުވާފައިވަނީ 2016 ވަނަ އަހަރު 150 މިލިއަން ރުފިޔާގެ ރައުސުލްމާލާ އެކު އެވެ. ސީބީއެމްގައި ޓްރީ ޓޮޕްގެ 45 ޕަސެންޓް ހިއްސާ އޮންނައިރު، 55 ޕަސެންޓް ހިއްސާ އޮތީ ލަންކާގެ އެންމެ ބޮޑު އަމިއްލަ ބޭންކު ކަމަށްވާ ކޮމާޝަލް ބޭންކުގަ އެވެ.