ޖާސޫސީ ވާހަކައެއް ކިޔައިދޭ ކޮމިކް ސިލްސިލާ "ކްއީން އެންޑް ކަންޓްރީ" އަށް، މަޝްހޫރު ޑައިރެކްޓަރު ރިޑްލީ ސްކޮޓް ފިލްމެއް ހަދަން ނިންމައިފި އެވެ.
މި ފިލްމަކީ އޭނާ ޕްރޮޑިއުސަރެއްގެ ޒިންމާ ވެސް ނެގުމުގެ އިތުރަށް ޓްވެންޓިއެތު ސެންޗަރީ ފޮކްސް އަށް ޑައިރެކްޓް ވެސް ކޮށްދޭ ފިލްމެކެވެ. "ކްއީން އެންޑް ކަންޓްރީ" އަކީ 2001-2007 އަށް އެމެރިކާގެ ލިޔުންތެރިޔާ ގްރެގް ރަކާ ގެނެސްދިން އެވޯޑް ވިނިން ކޮމިކް ސީރީޒެކެވެ.
މިއަށް ބިނާކޮށް ފިލްމެއް ހަދަން ނިންނި ނަމަވެސް ފިލްމާ މާ ބޮޑު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ. އެހެންވެ ފިލްމްގެ ކާސްޓުންނާއި މަސައްކަތް ފަށާނެ އިރެއް ވެސް ނޭނގެ އެވެ. އަނެއްކޮޅުން "ކްއީން އެންޑް ކަންޓްރީ"ގެ ސްރިޕްޓް ލިޔަނީ ކާކު ކަމެއް ވެސް ނޭނގެ އެވެ.
މީގެ ކުރިން ވެސް މި ކޮމިކް ސީރީޒަށް ފިލްމެއް ހަދަން ރޭވި އެވެ. އެ ފަހަރު އެލެން ޕޭޖް ކާސްޓަށް ލައިގެން ގެނެސް ދިން ރޭވި ފިލްމްގެ ސްކްރިޕްޓް ލިޔެފައި ވަނީ ރަޔަން ކޮންޑަލް އެވެ. އެކަމަކު ފަހުން ވަނީ ޕްރޮޖެކްޓް ހުއްޓާލައިފަ އެވެ.
ރިޑްލީ، 80، "ކްއީން އެންޑް ކަންޓްރީ" ގެނެސް ދޭން ނިންމި އިރު، އޭނާ ވަނީ މިދިޔަ އަހަރު ދެ ފިލްމެއް ބެލުންތެރިންނަށް ގެނެސް ދީފަ އެވެ. އެއީ "އޭލިއެން: ކޮވެނަންޓް" އާއި "އޯލް ދަ މަނީ އިން ދަ ވޯލްޑް" އެވެ.