ނަޓެއްލާ އަކީ ވަރަށް މަގުބޫލު އެއްޗެކެވެ. ޕާނާއި ބަނަހުގައި ޖަހާއިލައިގެން ކާލަން ބައެއް މީހުންނަށް މި ވަރެއް ނޯވެ އެވެ. އެކަމަކު މި ފަހަރު އޮތީ ނަޓެއްލާ ބޯ ވާހަކަ އެވެ.

ކޮރޯނާވައިރަހުގެ މި ބަލިމަޑުކަމުގައި ގޭގައި ބަންދުވެގެން ތިބެން ޖެހުމުން މި ދުވަސްކޮޅު ބައެއް މީހުން ކުރާ ކަމަކީ ތަފާތު ރެސިޕީތައް އީޖާދުކުރުމެވެ. ނަޓެއްލާ ޑްރިންކަކީ ވެސް މިގޮތަށް އުފަންވި އެއްޗެކެވެ.

ބައެއް މީހުން އިންސްޓަގްރާމްގައި ނަޓެއްލާ ޑްރިންކް ތަފާތު ގޮތްގޮތަށް ތައްޔާރުކުރާނެ ގޮތް ވީޑިއޯތަކުން ހިއްސާކޮށްފައިވެ އެެވެ.

އޭގެ ތެރޭގައި ނަަޓެއްލާ ވިފްޑް ކޮފީ އާއި ވިޕްޓް ނަޓެއްލާ ފާހަގަކޮށްލެވެ އެވެ. މި ބުއިންތައް ތަޖުރިބާކުރި މީހުން ބުނާގޮތުގައި ކަރަންޓީނުގައި ތިބެގެން ބޯލަން ނަޓެއްލާ ޑްރިންކަކީ އެއްވަނައިގެ އެއްޗެކެވެ.

ބައެއް މީހުން ބުނީ ނަޓެއްލާ ޑްރިންކެއް ބޯލުމުން މީހާ ތާޒާވެ، އުފާވެރިކަން ވެސް ގެނެސްދޭ ކަމަށެވެ. މިއީ ރޯދަ މަހަށް ވެސް ވުމާ އެކު، ރޯދަ ވީއްލަން ނުވަތަ ތަރާވީހު ދަމަކަށް ވެސް ނަޓެއްލާ އިން ޑްރިންކެއް ތައްޔާރުކޮށްލަން ހިނގާށެވެ.